އިންކަމް ޓެކްސް އިން ހަތްސަތޭކަ ހަ މިލިއަން ރުފިޔާ ލިބޭނެ: މާލީ ވަޒީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
އިންކަމް ޓެކްސް އިން ހަތްސަތޭކަ ހަ މިލިއަން ރުފިޔާ ލިބޭނެ: މާލީ ވަޒީރު

މިއަހަރު އިންކަމް ޓެކްސްއަށް 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެތާއި ބެހޭ މައުލޫމާތު ދެއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޑެފިސިޓަކީ 4.6 މިލިއަން ރުފިޔާކަމަށެވެ. ރާއްޖޭގައި ފިޒިކަލް ރިޒާވްއެއް އަދި ނެތް ކަމަށާއި މަދުވާ ފައިސާ ހޯދަން ބޮޑަށް ވިސްނާފައިވަނީ ބޭރުން ކަމަށެވެ.

އާސަންދައަށް، 951 މިލިއަން، ތަކެތީގެ އަގުހެޔޮ ކުރުމަށާއި ސަބްސިޑީ ދިނުމަށް 450 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާކަން ވެސް އަމީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން