ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް މިހާރުވެސް އެބައޮތް ކަމަށާއި ދައުލަތުގެ ކޮރަޕްޝަން ހުއްޓުވިއްޖެނަމަ ބަޖެޓުގެ 20% ސަލާމަތް ކުރެވޭނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ޢަބްދުލްޣަފޫރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިން 500 ޑޮލަރަށް ސިންގަޕޫރަށް ކުރެވެން އޮންނަ ދަތުރު ބިޒްނަސް ކްލާހުގައި ކުރަން މިހާރުވެސް 1200 ޑޮލަރު ޚަރަދުކުރާ ކަމަށާއި އެއީ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ.
ޢަބްދުލްޣަފޫރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 50 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫޢުތައް ޙަވާލުކުރަން ޖެހޭނީ ދިވެހި ކުންފުނިތަކާއި ކަމަށާއި ކުރީ ސަރުކާރުން ކުދިކުދި މަޝްރޫޢުތައްވެސް ބޭރުގެ ކުންފުނިތަކާއި ޙަވާލުކުރީ ވައްކަން ކުރަން ކަމަށާއި އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.