ޖާބިރު ރައީސް ޞާލިޙަށާ ވަޒީރުންނަށް ވަގަށް ގޮވުމުގަ ހައްދަފަހަނައެޅުމުން ރާއީ ޖާބިރު ހުއްޓުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޖާބިރު ރައީސް ޞާލިޙަށާ ވަޒީރުންނަށް ވަގަށް ގޮވުމުގަ ހައްދަފަހަނައެޅުމުން ރާއީ ޖާބިރު ހުއްޓުވައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ރައީސް އިބްރާހީމް މުިޙައްމަދު ޞާލިޙަށާއި ދައުލަތުގެ ވަޒީރުންނަށް ވަގަށް ގޮވުމުގައި ހައްދަފަހަނައެޅުމުން މމަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ޖާބިރު ހުއްޓުވައިފި އެވެ.

"ތޯލާފުޅި"އެއްގެ ސައިޒަށް ޖާބިރު ކުޑަކޮށްލައްވައި ރާއީ ވިދާޅުވީ މިއަދަކީ ބަޖެޓަށް ވާހަކަ ދެއްކުމުގެ ދުވަސް ކަމަށާއި ބޭނުންހައި ވާހަކަތަކެއް ދައްކައި ރައީސުލްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ވަޒީރުންނަށް ވަގަށް ގޮވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. "ހަލޭއްލަވަން ވެއްޖެ ނަމަ ހަޅޭލަވަންވެސް ކެރޭނެ" ކަމަށެވެ.

ޖާބިރު މިއަދު ބުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ދައުލަތުގެ ގިނަ ވބަޒީރުންނަކީވެސް އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވެގެން ތިބި ބައެއް ކަމަށެވެ. ޚާއް2ޞަކޮށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއަށާއި މާލީ ވަޒީރަށް އަމާޒުކޮށް ޖާބިރު ވަނީ ވަރަށް ގިނަ ތުހުމަތުތައް ކޮށްފައެވެ.

ރާއީ ތަކުރާރުކުރައްވައި ނަންގަވަމުން ގެންދެވި ނިޒާމާއި ނުކުތާތަކާއި ގުޅިގެން ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާގައި ޖަވާބުދާރީވެވެން ނެތް މީހުންނަށް ރައްދުކޮށް އިލްޒާމްތައް ނުއެޅުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ

މިއަދު އޮންލައިން