ފައިދާ ކުރާނެ ގަސް އިންދައި ހެއްދުމަކީ މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއް! ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފައިދާ ކުރާނެ ގަސް އިންދައި ހެއްދުމަކީ މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއް! ޙަދީޘް

ތިމާ މަރުވެ ކައްވަޅުގައި އޮތް ނަމަވެސް އެމީހަކު ދުނިޔޭގައި ކޮށްފައިވާ 7 ކަމަކުން އެމީހަކަށް މަންފާކުރަމުން ދާނެކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

އެއީ: މީހުންނަށް ފައިދާކުރާނެ ޢިލްމެއް ދޫކޮށްފައިވުން (ބައަކަށް ކިޔަވައިދީފައިވުން)، މީހުންނަށް ފެން ލިބޭނެ ކޯރެއް ކޮނެދިނުން، ފެން ލިބޭނެ ވަޅެއް ބަހައްޓައިދިނުން، މީހުންނަށް ފައިދާ ކުރާނެ ގަހެއް އިންދާފައި ހުރުން، މިސްކިތެއް އަޅާފައިވުން، މީސްތަކުން ކިޔަވާނެ ޚަޠިމް ދީފައިވުން، އޭނާއަށްޓަކައި ހެޔޮ ދުޢާކުރާނެ ދަރިން ތަރުބިއްޔަތުކޮށްފައިވުމެވެ. 

މީސްތަކުންނޭވެ! ގަސް އިންދަންވީ އެކަމުން ތިމާ ފައިދާ ޙާޞިލުކުރަން އެކަންޏެއް ނޫނެވެ. އެކަމުން އެހެން މީހުންނަށްވެސް ފައިދާ ހޯދައި ދިނުމަށެވެ. މީގެތެރޭގައި ހިމެނެނީ ހަމައެކަނި ކާބޯތަކެތި އަޅާ ގަހެއް ނޫނެވެ. އެގަހަކުން ބައަކަށް ހިޔާ ލިބޭނެ ގަސްވެސް ހިމެނެއެވެ.

ގަސް އިންދުމާއި ތިމާ ވެށްޓާއި ގުޅުވައިގެން ޖަމިއްޔާތަކުން ބުނާ ބަސްތަކަކީ މާވަރުގަދައެއްޗަކަށް ހަދައިގެން ވާހަކަދައްކަމުން ގެންދާއިރު ގަސް އިންދައި ހެއްދުމުގެ މުހިންމުކަން އިސްލާމް ދީނުގައި މިއޮތީ މާފުރިހަމައަށް ފެންނާށެވެ. މީގެ އިތުރުން ހަނގުރާމައިގެ ވަގުތުގައިވެސް ގަސްތަކަށް ގެއްލުން ނުދިނުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ރާއްޖޭގައި މީހަކު ދެކެ ރުޅި އައުމުން އެމީހެއްގެ ދަނޑު ބިންތަކަށް ގެއްލުން ދިނުމާއި ގަސްތައް ކަނޑައި ހެދުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. ބައެއް ފަހަރު މީހަކު ދެކެ ރުޅި ނައި ނަމަވެސް މިފަދަ ކަންކަން އެބަކުރެއެވެ. ވީމާ އެފަދަ ކަންކަން ކުރާ މީހުން އެކުރަނީ ކުށެއްގެ އިތުރުން ފާފަވެރިވެސް ވާނެ އަމަލެކެވެ.

މިއަދު އޮންލައިން