މީހަކަށް ކާފިރެކޭ ބުނުމަކީ ވަރަށް ނުރައްކާތެރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މީހަކަށް ކާފިރެކޭ ބުނުމަކީ ވަރަށް ނުރައްކާތެރިކަމެއް!

އެއްވެސް މީހަކީ ކާފިރެއް ކަމަށް ނުބުނާށެވެ. އެހެނީ ބަސް ބުނެވޭ މީހާއަކީ ކާފިރެއް ކަމުގައި ނުވެއްޖެ ނަމަ އެމީހަކާއި ދިމާއަށް އެ ބަސް އެނބުރި އަންނާނެއެވެ. ވީމާ އިސްލާމް ދީން ހުއްދަ ނުކުރާ އަމަލުތައް މީހަކު ކުރާނަމަ އެމީހަކު އެކުރާ އަމަލުތަކުގެ ވާހަކަ ދައްކާށެވެ! އެކަންކަން އިޞްލާޙްކުރަން ބުނެ ނަޞޭޙަތް ދޭށެވެ. އިޞްލާޙް ނުކުރާނަމަ އިސްލާމް ދީނުގައި އޮތް މަގުން ފިޔަވަޅުއަޅާށެވެ!

Prophet Muhammad (ﷺ) said:

 When a man calls his brother an unbeliever, it returns at least to one of them. Either the accused is as claimed, or the charge will return against the accuser. 

Source: Sahih Bukhari 5753 

ކުށްވެރިކުރަންވީ މީހުން ކުރާ ނުރަނގަޅު ކަންކަމެވެ. މީހުން ކުރާ ފާފަތަކެވެ. މީހުން ކުށްވެރިކުރުމަކީ މުޅިން ތަފާތު ކަމެކެވެ. 

މިމޭރުމުން ބުނަން މިޖެހެނީ ވަރަށް އާދައިގެ ކުދިކުދި ކަންކަމުގައި ވެސް ބައެއް މީހުން ރުޅިއައިސް އަނެކާއަކީ ކާފިރެއް ކަމަށް ބުނާތީއެވެ. ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް އެއީ ދުލުން ބޭނުންހައި ބަހެއް ބުނަން ހުއްދަ ލިބޭ ކަމެއް ނޫނެވެ. ވީމާ ކޮންމެ ކޮންމެ ބަހެއް ދުލުން ބުނެގެން ނުވާނެއެވެ. 

ގިނަ މީހުން އެންމެ ރުޅިގަދަވެ މިފަދަ ބަސްތައް ބުނަނީ އިސްލާމް ދީނާއި ދެކޮޅަށް ހަރަކާތްތެރިވެ އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރުމުންނެވެ. އެފަދަ ކަންކަމަކީ އެއްވެސް މުސްލިމަކު ކުރާނެ ކަންކަމެއް ނޫނެވެ. މުސްލިމަކަށް ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް އިސްލާމް ދީނަށް ގެއްލުން ދޭކަށް އެއްވެސް މުސްލިމަކު މަސައްކަތެއް ނުކުރާނެއެވެ. 

މިފަދަ ޙާލަތުގައި ވެސް ދީނުގެ ކަންކަން ރަނގަޅަށް ނުއެނގޭ މީހުން ބަސްބުނަން ވާނީ ދީނީ ޢިލްމުވެރިންގެ އަރިއަހުން އިރުޝާދު ލިބިގެނެނެވެ. ދީނުގެ ކަންކަމުގައި ޙުކުމް ނެރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން