އަޅުކަން ކުރަންވެސް ފުރަތަމަ ހަނދާންކޮށްދޭން ޖެހޭނީ އަމިއްލަ ޢާއިލާއަށެވެ! މަސްއޫލިއްޔަތުން ބަރީޢައެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އަޅުކަން ކުރަންވެސް ފުރަތަމަ ހަނދާންކޮށްދޭން ޖެހޭނީ އަމިއްލަ ޢާއިލާއަށެވެ! މަސްއޫލިއްޔަތުން ބަރީޢައެއް ނުވެވޭނެ!

އެހީތެރިވުމުގައި ފުރަތަމަ އިސްކަން ދޭން ޖެހެނީ އަމިއްލަ ޢާއިލާއަށް ފަދައިން އަޅުކަން ކުރުމަށް ހަނދާންކޮށްދިނުމުގައިވެސް ފުރަތަމަ ހަނދާންކޮށްދޭންޖެހޭނީ އަމިއްލަ ޢާއިލާއަށެވެ. ނަމާދަށް ދާންވީ ޢާއިލާގެ އެންމެން ގޮވައިގެންނެވެ. 

އެންމެ ފުރަތަމަ އިޞްލާޙްކުރަންޖެހެނީ އަމިއްލަ ނަފުސު ފަދައިން އަމިއްލަ ނަފްސަށްފަހު އެންމެ ބޮޑަށް މަސައްކަތްކުރަންވީ އަމިއްލަ ޢާއިލާ އިޞްލާޙް ކުރުމަށެވެ. މިކަމުގެ ސަބަބުވެސް ބުނެފާނަމެވެ. އެމީހެއްގެ އަނބިދަރިން ނަމާދު ނުކުރާކަން އެހެން މީހުންނަށް އެނގޭނަމަ އެހެން މީހުން ނަމާދުކުރަން އެމިހާ ބުނާ ބުނުމުގެ އަޑުއަހަން އެހެން މީހުންނަށް ފަސޭހައެއް ނުވާނެއެވެ. 

މިއަދު އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލައަކީ ޢާއިލީ ޒިންމާ ހަނދާން ނައްތައިލުމެވެ. ޢާއިލީ ޒިންމާ ނަގާނަމަ މިސްކިތްތަކުން ފެންނަ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެއެވެ. ކޮންމެ މީހަކީވެސް މަސްއޫލްވެރިއެއް ކަމަށް އޮތް ބަސްފުޅަށް އިތުރަށް ވިސްނާށެވެ! ޖަވާބުދާރީވާން ނުޖެހިއެއް ނުދާނެއެވެ!

މިއަދު އޮންލައިން