އިސްލާމްވީ މަޝްހޫރުކަމާ ފައިސާއިން ހިތަށް ހަމަޖެހުމެއް ނުލިބިގެން: މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބޯއި ރެޕަރ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިސްލާމްވީ މަޝްހޫރުކަމާ ފައިސާއިން ހިތަށް ހަމަޖެހުމެއް ނުލިބިގެން: މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބޯއި ރެޕަރ!

ދުނިޔޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު "ބޭޑް ބޯއި ރެޕަރ- ލޫން" ބުނަނީ އޭނާ އިސްލާމްވީ މަޝްހޫރުކަމާއި ފައިސާއިން ހިތަށް ހަމަޖެހުމެއް ނުލިބިގެން ކަމަށެވެ. އިސްލާމް ދީނަށް އަމަލުކުރަން ފެށުމުން އޭނާގެ ހިތަށް ހިތްހަމަޖެހުމާއި އަމާންކަން ލިބިއްޖެ ކަމަށެވެ. 

އޭނާ ބުނަނީ އޭނާއަށް އެންމެ ރީތީ ނަމާދަށް ގޮވައިލާ ބަންގި ކަމަށެވެ. 

"އަހަރެން ކްރިސްޓިއަން ދީން ދޫކޮށްލީ ޖީސަސް އަކީ ގޯޑް ކަމަށް ޤަބޫލު ނުކުރެވިގެން. ޖީސަސް އަކީ ގޯޑް ނަމަ އަޅުކަން ކުރީ ކޮން ކަލާނގެއަކަށް؟ ގޯޑް އަމިއްލައަށް އަޅުކަން ކުރަން ޖެހޭނެތަ؟ މިކަންކަން އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ." 

"ﷲ އާދަމްގެފާނާ ޙައްވާގެފާނު ނުއުފައްދަވާނަމަ މީސްތަކުން އުފަންވީ ކިހިނެއް؟ އެމީހާ ދުނިޔެއަށް އައީ ކިހިނެއްތަ؟ މިހިރީ ވަރަށް އާދައިގެ މީހުންގެ ހިތުގައިވެސް އުފެދެން ޖެހޭނެ ސުވާލުތައް؟"  

ދުނިޔޭގެ ފެންވަރުގެ ލަވަކިޔުންތެރިންގެ ތެރެއިން މިފަދަ ބަސްތައް އަޑުއިވެމުން އަންނައިރު އެއްބައަކު ދެކެނީ މިޔުޒިކީ ދުނިޔެއިން މަޝްހޫރުކަން ލިބި ފައިސާ ލިބެމުންދާނަމަ އެހެރީ ހުރިހާ ކަމެއް ފުރިހަމަވެފައިކަމަށެވެ. ހިތާމައަކީ ރާއްޖޭގައި ލަވަކިޔުންތެރިއަކު މިފަދަ ބަހެއް ބުނެފިނަމަ އެމީހަކީ ހައްދުފަހަނައަޅާފައިވާ މީހެއްގެ ގޮތުގައި ސިފަކޮށް މަލާމާތާއި ފުރައްސާރަކުރާ ކަމެވެ. 

ވީޑިއޯ އިން އިތުރު ތަފްޞީލުތައް ބައްލަވައިލައްވާ!

މިއަދު އޮންލައިން