ޤިޔާމަތް ދުވަހު ﷲ އެމީހަކާއި ދެކޮޅަށް ހުންނަވާނެ 3 މީހަކު ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޤިޔާމަތް ދުވަހު ﷲ އެމީހަކާއި ދެކޮޅަށް ހުންނަވާނެ 3 މީހަކު ވެއެވެ!

ޤިޔާމަތް ދުވަހު ﷲ އެމީހަކާއި ދެކޮޅަށް ހުންނަވާނެ 3 މީހަކު ވެއެވެ! 

1- ﷲ ގެ ނަންފުޅު ބޭނުންކޮށްގެން ބަސް ބުނެފައި އެ ބަސް އުވާލާ މީހާ

2- މިނިވަނަކު ވިއްކާލައި އެ ފައިސާ ބޭނުންކުރި މީހާ

3- އުޖޫރައަށް މީހަކު ލައްވައި މަސައްކަތްކުރުވުމަށްފަހު އެއްބަސްވި އުޖޫރައިން މަދުކުރާ އަދި އުޖޫރަ ނުދިން މީހާ

- ޙަދީޘް 

މާތް ﷲ ގަންދީ ހުވާކުރުމަށްފަހު ހުވައާއި ޚިލާފުވުން މިއަދު މިވަނީ ޢާންމުވެފައެވެ. 1 ގައި އެވަނީ އެކަމުގެ ހުރި ނުބައިކަން ބޮޑުކަމުގެ ވާހަކައެވެ. 

މީގެ ތެރެއިން 2 ވަނަ މީހާއަށް ބަލައިލުމުން އިންސާނުން އަޅުވެތިކޮށް ހަށިވިއްކުވުން ފަދަ އަމަލުތައް ކުރުވައިގެން ފައިސާ ހޯދާ މީހުންނަށް ކުރިމަތިވެދާނެ މައްސަލައަށް ބިރުވެތިވާން ޖެހެއެވެ.  

3 ވަނަ ކަންތަކަށްބަލާއިރު ބޮޑު މުސާރަ ދޭނެ ކަމަށް ބުނެ ރާއްޖެއަށް މީހުން ގެނައުމަށްފަހު އެއްބަސްވި އުޖޫރަ ނުދޭ މީހުންނާއި މީހުންނަށް ދޭން ޖެހޭ މުސާރަ ނުދޭ މީހުން އިންތިހާއަށް ބިރުގަންނަން ނުޖެހޭތޯއެވެ؟

 

 

މިއަދު އޮންލައިން