ޖޭއެސްސީން ކަންކަން ކުރަމުން ގެންދަނީ ޤާނޫނާ އެއްގޮތަށް: މަޖިލިސް ޖޫޑިޝަރީ ކޮމިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޖޭއެސްސީން ކަންކަން ކުރަމުން ގެންދަނީ ޤާނޫނާ އެއްގޮތަށް: މަޖިލިސް ޖޫޑިޝަރީ ކޮމިޓީ

ޖޭއެސްސީ އަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށް ކަމަށް މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީން ބުނެފިއެވެ. އެ ކޮމިޓީން މިމޭރުމުން ބުނެފައިވަނީ މިއަދު ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމެއްގައެވެ. 

މެންބަރުން ފާހަގަކުރެއްވި ގޮތުގައި އުއްތަމަ ފަނޑިޔާރު ހުންނެވީ ޖޭއެސްސީގެ ޤާނޫނަށް ގެނައި ބަދަލުތަކަށް އެއްބާރުލުން ދެއްވާ ގޮތަށް ނޫންކަން އެމަނިކުފާނު މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީފުޅުތަކުން އެނގޭ ކަމަށެވެ. ނަމަވެސް ދިވެހި ދައުލަތް އުފެދިފައިވާ ގޮތުން ޤާނޫނު ހެދުމުގެ ބާރު އޮންނަނީ މަޖިލީހަށް ކަމަށާއި ޤާނޫނުގެ ދަށުން އުފެދިފައިވާ ކޯޓުތަކުގެ މަސްއޫލިއްޔަތަކީ މައްސަލައެއް ހުށަހެޅުމުން ޤާނޫނުގައި އޮންނަ ގޮތަށް މައްސަލަ ބެލުން ކަމަށެވެ. 

"ސްޕްރީމް ކޯޓު ނަމަވެސް އަދި ދައުލަތުގެ އެހެން މުއައްސަސާއެއް ނަމަވެސް ޖޭއެސްސީ ހިންގަން ފާސްކުރި ޤާނޫނުތަކަށް ބޯލަނބަން ޖެހޭނެ. އަދި ޖޭއެސްސީ އިން ކުރާ ކަންކަމަށް ފާރަވެރިވާންޖެހެނީ މަޖިލީހަށް ކަމަށްވުމުން މަޖިލީހުން މިގެންދަނީ ފުރިހަމައަށް ފާރަވެރިވަމުން. ޖޭއެސްސީ އިން ނިންމާ މައްސަލަތަކުގެ ރިޕޯޓްތައް ބަލައި ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށްކަން މިގެންދަނީ ކަށަވަރުކުރަމުން." ކަމަށްވެސް ކޮމިޓީގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ ރައީސްކަމަށް މިއަދު ވަނީ ތުޅާދޫ ދާއިރާގެ މެންބަރު، މަޝްހޫރު ޤާނޫނީ ވަކީލް ޙިސާން ޙުސައިން ޙަމަޖައްސައިފައެވެ.

މިއަދު އޮންލައިން