މިކަން މިހިސާބަށް ދިއައީ ފަނޑިޔާރުންގެ އަމިއްލަ އަތްޕުޅުން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިކަން މިހިސާބަށް ދިއައީ ފަނޑިޔާރުންގެ އަމިއްލަ އަތްޕުޅުން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން: ޑރ. އިޔާޟް

"މިކަން މިހިސާބަށް ދިއައީ ފަނޑިޔާރުންގެ އަމިއްލަ އަތްޕުޅުން ކުރެއްވި ކަންތައްތަކެއްގެ ސަބަބުންނެވެ. 1 ފެބްރުވަރީގައި 5 ފަނޑިޔާރުން އެއްބަސްވެވަޑައިގެން ޙުކުމެއް ނެރުއްވާފައި، 2 ފަނޑިޔާރަކު ގޮޅިއަށް ކޮއްޕަވާލައްވާފައި، އަމިއްލަ މަޞްލަޙަތަށްޓަކައި ޙުކުމް ބަދަލުކުރެއްވިއެވެ. މިނޫންވެސް އެތައް ގޮތެއް ހެއްދެވިއެވެ." –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ޤާނޫނުއަޞާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯސްކަމަށާއި އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫން ކަމަށާއި ތިއައީ މުޅިން ޣައިރު ދުސްތޫރީ ޢަމަލެއް ކަމަށާއި ތިއަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ" ކަމަށް ރައީސް ޔާމީނުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވުމުން ޑރ. ޖަމީލަށް ރައްދު ދެއްވައެވެ. 

1 ފެބްރުވަރީގެ އަމުރާއި ގުޅިގެން ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، 2 ފަނޑިޔާރުން ދަމާ ކޫތާފައި ނެރެގެން ގެންގޮސް ޖަލުގައި ބަންދުކޮށް ޙުކުމް އިއްވި އިރު "ކޯޓަކުން ކުރާ އަމުރަކާއި ގުޅިގެން ފަނޑިޔާރުންގެ ދުސްތޫރީ މައްސަލައެއްވެސް އެހެން މައްސަލައެއްވެސް ނުބެލޭނެ ކަމަށް ވިދާޅުވާން ކެރިވަޑައިގެންނެވި ފަނޑިޔާރަކު ރާއްޖޭގައި ނެތް އިރު ރައީސް ޔާމީނުގެ ވެރިކަމުގައި ހުންނަވަނިކޮށް ރައީސް ޔާމީނު ސިޔާސީ ލީޑަރުންނަށް ކުރެއްވި އަނިޔާތަކަށާއި 12 މެންބަރުންގެ ގޮނޑީ ގެއްލުވައިލުމުން އިންޞާފު ހޯދައިދޭން ކެރުނު ފަނޑިޔާރަކުވެސް ރާއްޖޭގައި ނެތްކަން ފާހަގަކުރެވެއެވެ. 

ޑރ. ޖަމީލްވެސް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނުގެ ދިގު އަތް އެންމެންނާއިވެސް އަރައި ހަމަކުރާނެ ކަމަށެވެ.

 

މިއަދު އޮންލައިން