ކޮންމެ މުސްލިމަކީވެސް ދީނުގެ ދިފާޢުގަ ޖިހާދަށް ތައްޔާރަށް ހުންނަން ޖެހޭ މީހެއް!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކޮންމެ މުސްލިމަކީވެސް ދީނުގެ ދިފާޢުގަ ޖިހާދަށް ތައްޔާރަށް ހުންނަން ޖެހޭ މީހެއް!: ޤުރްއާން

ކޮންމެ މުސްލިމަކީވެސް އިސްލާމް ދީނުގެ ދިފާޢުގައި ޖިހާދަށް އަބަދުވެސް ތައްޔާރަށް ހުންނަން ޖެހޭ މީހެކެވެ. ދީނުގެ ޙައްޤުގައި ދީނަށް ނަޞްރު ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް އޮތް އެންމެ އެންމެ ބޮޑުވާޖިބެވެ.

މިއީ ﷲ ތައާލާގެ އަމުރުފުޅެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމިނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިއަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމިނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދު ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ." (އާލްޢިމްރާން: 200) 

ދުޝްމިނުން ނުކުމެ ގަންނާނީ ކޮން ދިމާއަކުން ކޮން ސިފައެއްގައިކަން ދެނެގަތުންވެސް މިއަދު މިވަނީ ދަތިކަމަކަށްވެފައެވެ. މުސްލިމް ޤައުމުތަކުގައި ހާލި ހަދަނީ އެހީތެރިވުމުގެ ނަމުގައެވެ. މާ އޯގާތެރި ބައެއް ކަމަށް ހެދިގެން ތިބެ މުސްލިމް މުޖުތަމައުތައް އެގެންދަނީ އެފުށް މިފުށަށް ޖަހަމުންނެވެ. ދަރިންނަށް ތައުލީމުދޭ މަންހަޖުން ފެށިގެން ޤާނޫނު އަސާސީ އާއި ހަމައަށް އެގެންދަނީ ނުފޫޒުފޯރުވަމުންނެވެ. އިޖުތިމާއީ އާދަކާދަތައް އެގެންދަނީ ބަދަލުކުރުވަމުންނެވެ. އިސްލާމީ ރިވެތި ޘަޤާފަތް އެގެންދަނީ ކިލަނބުކުރުވަމުންނެވެ. 

ސައުދިޢަރަބިޔާ، ޔޫއޭއީ ފަދަ ޤައުމުތަކުގައި ހަންފަތުރައި ނިންމައިފިއެވެ. އިންޑޮނޭސިޔާގައި ޙަރަކާތްތެރިވަމުން އެގެންދަނީ ކުނަމެހިތަކެއް ފަދައިންނެވެ. މުސްލިމަކު ތަނެއްގައި ހުއްޓިލައިފިނަމަ ނޯށަށްވެސް އެދަނީ ވަންނަމުންނެވެ. މިޙާލަތުން އިސްލާމީ މުޖުތަމައުތައް ސަލާމަތް ކުރެވެން އޮތީ އެކަމަށް ކުރިމަތިލައި ވަރަށް ވަރުގަދައަށް މަސައްކަތްކޮށްގެންނެވެ. އެ މަސައްކަތުގައި ދީނީ ޢިލްމުވެރިންގެ ދައުރު ކިތަންމެހައިވެސް މުހިންމެވެ. ހަމަ އެއާއިއެކު ކޮންމެ މުސްލިމަކުވެސް އެކަމަށް ކުރިމަތިލައި މަސައްކަތުގައި ބައިވެރިވެގެން ނޫނީ ނަޞްރެއް ނުހޯދޭނެއެވެ. 

އެންމެ މުހިންމު އެއް ކަމަކީ މުސްލިމުންނަކީ އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ ބައަކަށްވުމެވެ. އިސްލާމް ދީނުގައި ސާބިތުވުމެވެ. ޝައިޠާނުން ފައްސައި ދުރަށް ލެވޭ ބައަކަށް ވެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން