ކަންފަތް ތޮރުފުމަކީ ޑޮކްޓަރީ ރައްކައުތެރިކަމާއިއެކު ކުރާނަމަ ކުރަން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އަންނަނިވި 2 ޝަރުޠު ފުރިހަމަކުރަން ޖެހޭނެއެވެ.
އެއީ މަޙްރަމް ނޫން މީހުންނަށް ތިއަ ޒީނަތްތެރިކަން (ކަންފަތުގައި ލާތަކެތީގެ ޒީނަތްތެރިކަން) ނުދެއްކުމާއި ކާފިރު އަންހެނަކާއި ވައްތަރުވުމަށް ކުރެވޭ ކަމަކަށް ނުވުމެވެ.
ކާފިރުންނާއި އެއްގޮތް ވުމަކީ ހުއްދަކަމެއް ނޫނެވެ. ވީމާ މިގޮތަށް ވަކިމީހެއްގެ ސްޓައިލަށް ތަބަޢަވުމަށް ކަންފަތުގައި މުދިލުން ހުއްދައެއް ނުވާނެއެވެ. ދަލީލަކީ:
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ބައަކާއި އެއްގޮތް ވެއްޖެ ނަމަ އޭނާ ވަނީ އެމީހުންގެތެރެއިންނެވެ."
މީގެ އިތުރުން ކަންފަތުގައި އެލުވާ ނުވަތަ ލާ އެއްޗަކީ ޞަލީބް ފަދަ އެއްޗަކަށްވެގެން ނުވާނެއެވެ. އަދި ކަންފަތުގައި މުދިލުމަކީ ފިރިހެނަކަށް ހުއްދަކަމެއް ނޫނެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް