ޢާއިލާގެ މީހަކު ކުށެއް ކުރުމަކީ ޢާއިލާގެ އެންމެން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެންގެ ފައުންޑަރ މެންބަރު އަދި އެ ޖަމިއްޔާއިން ދިވެހިން ޝައިޠާނާގެ މަގަށް އަނބުރުވަން ނެރުނު ކަރުދާސްތަކުގެ މުޞައްނިފް ޝަހިންދާ އިސްމާޢީލްގެ ކޮއްކޮ ޢައިޝަތު ޝާހީން އިސްމާއީލް އަށް ޤައުމީ ޔުނިވަރސިޓީގެ ޑިޕިޔުޓީ ވައިސް ޗާންސެލަރުކަން ދިނުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ބަސްތައް ދީނީ ޢިލްމުވެރިންނަށް ރައްދުކުރަން ފެށުމުންނެވެ.
އިސްމާޢީލް ނަޞީރުގެ ބޭފުޅުންނަށް ބަލައިފިނަމަ ފައްޔާޟް އިސްމާއީލްއަކީ އިކޮނޮމިކް މިނިސްޓަރެވެ. ޙަސަން އިސްމާޢީލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްމަޤާމެއްގައެވެ.