އިތުރު ބައިވެރިއަކު ހޯދަން ޖެހޭނީ ބައިވެރިޔާގެ ނުބައި ވާހަކަ ވިއްކައިގެނެއް ނޫން! - ޤިޔާމަތް ދުވަހު ބަދަލުދޭން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިތުރު ބައިވެރިއަކު ހޯދަން ޖެހޭނީ ބައިވެރިޔާގެ ނުބައި ވާހަކަ ވިއްކައިގެނެއް ނޫން! - ޤިޔާމަތް ދުވަހު ބަދަލުދޭން ޖެހޭނެ!

އައު ބައިވެރިއަކު ބޭނުންވުމުން އަނބިމީހާގެ ނުބައި ވާހަކަ ދެއްކުމަކީ ބައެއް ފިރިންގެ ވަރަށް ޢާންމު ކަމެކެވެ. އަދި ފިރިމީހާގެ ނުބައި ވާހަކަ ދެއްކުމަކީ ބައެއް އަނބިންގެވެސް ޢާންމު ކަމެކެވެ. 

މިފަދަ ކަމެއް ކުރެވިފައިވާނަމަ މަރުވުމުގެ ކުރިން ސަލާންޖަހައިގެންވެސް މާފު ހޯދާށެވެ! އެހެނީ ޙައްޤު ނޫން ގޮތުގައި ދެކެވިފައި ހުންނަ އެފަދަ ވާހަކަތަކަށް ޤިޔާމަތް ދުވަހު ބަދަލު ދޭން ޖެހޭނެއެވެ. ބަދަލުދޭން ޖެހޭނީ ތިބާ ކުރި ހެޔޮ އަމަލުތަކުންނެވެ. 

ޙައްޤު ކަމުގައިވީނަމަވެސް ދެމަފިރިންނަކީ އެކަކު އަނެކަކަށް ސިއްރުތައް ހިފަހައްޓަން ޖެހޭ ބައެކެވެ. ދެމަފިރިން ވަކިވި ނަމަވެސް މެއެވެ. ބައިވެރިޔާ ކަމުނުގޮސްގެން އެހެން ބައިވެރިއަކު ހޯދި ނަމަވެސް އެކަން ކުރަން ޖެހޭނީ ބައިވެރިޔާގެ ނުބައި ކަމުގެ ވާހަކަތައް ވިއްކައިގެނެއް ނޫނެވެ. ނުބައި ކަންކަން ވެސް ހުންނާނެއެވެ. ނަމަވެސް ރަނގަޅު ކަންތައްތައް މާ ގިނަވާނެއެވެ. ނޫން ނަމަ ކައިވެނިކޮށްގެން އެތައް އަހަރެއް ވޭތިކުރީ ކިހިނަކުން ހެއްޔެވެ؟ 

ހިތާމައަކީ މިފަދަ ކަންކަން ކުރާއިރު އާޚިރަތް ދުވަހާއިމެދު ވިސްނައި ނުލެވޭ ކަމެވެ. އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ! ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން