ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި އެމަނިކުފާނު ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާކަން ބައަކަށް އެނގިފައި އޮތުމާއި އޮތީ ކޮން ގުޅުމެއްތޯ؟ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލުކުރައްވައިފިއެވެ.
ޑރ. އަފްރާޝީމް ޢަލީ އެރޭ ޓީވީ އަށް އަރާވަޑައިގަންނަވާކަން އެނގިފައި އޮތް ވަރަށް ގިނަ ބައަކު އެ ޕްރޮގްރާމް ބެލިއެވެ. ވަރަށް ގިނަ ޢާއިލާތަކުންވެސް ބެލިއެވެ. އަދި ޕްރޮގްރާމް ފެށުމުން ގިނަ ބައަކު އެމީހުންގެ ރައްތެހިންނަށް ގުޅާފައި ޓީވީ ބެލުމަށް ވެސް އެދުނެވެ.
މީހުން މެރުމާއި މިސްކިތްތަކާއި ގުޅުވުމާއި އަދި ދީނީ ޢިލްމުވެރިންނާއި ގުޅުވާ މައްސަލައިގެ ޙަޤީޤަތް ވަރަށް އަވަހަށް އެނގިގެންދާނެއެވެ. އަދި މިހިނގާ ކަންކަމާއި ދިވެހިން ކްރިސްޓިއަން ކުރުވަން ދިވެހިބަހުން ޕްރޮގްރާމން ފޮނުވާ ފީބާ ރޭޑިއޯ އާއި ހުރި ގުޅުންވެސް އެނގިގެންދާނެއެވެ. އިން ޝާ ﷲ!