ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ގޯޓާބާޔަށް ރައީސް ޞާލިޙް މަރުހަބާ ދަންނަވައިފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ގޯޓާބާޔަށް ރައީސް ޞާލިޙް މަރުހަބާ ދަންނަވައިފި!

އަވަށްޓެރި ޝްރީލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ގޯޓާބާޔަ ރާޖަޕަކްސަ އަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަރުޙަބާ ދަންނަވައިފިއެވެ.

ގޯޓާބާޔަ އަކީ، އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ ކޮއްކޯފުޅު ވެސް މެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ގޯޓާބަޔަގެ ވެރިކަމުގައި ރާއްޖެއާ ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގެ ވޯޓު ގުނުން އަދިވެސް ކުރިއަށްދާއިރު ގޯޓާބަޔަ ނިސްބަތްވެ ވަޑައިގަންނަވާ އެސްއެލްޕީޕީން ނެރުނު ބަޔާނެއްގައި ވަނީ ގޯޓާބަޔަ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި ސުލްހަވެރިކަމާ އެކު އުފާ ފާޅު ކުރުން ކުރިއަށް ގެންދިޔުމަށެވެ.

މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވޯޓު ގުނާ ނިމިފައިވާއިރު، ގޯޓާބަޔަ ވަނީ 48.2 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރަމަދާސާއަށް ލިބިވަޑައިގެންފައި 45.3 ޕަސެންޓު ވޯޓެވެ.

 

މިއަދު އޮންލައިން