ދެ އަންތބަށް ކައިވެނި ކުރުމާއި ބެހޭ ގޮތުން މިއަދުނޫހުގައި ރޭ ޝާއިޢު ކުރި ލިޔުމަކާއި ގުޅިގެން ޚިޔާލު ފައުޅުކުރި ގިނަ އަންހެނުން ބުނެފައިވަނީ މައްސަލަ އަކީ ދެ އަންތބަށް ކައިވެނި ކުރުން ނޫން ކަމަށާއި ބޯކަހަން ޖެހެނީ އަނބިން ހަމަހަމަ ނުކުރާތީ ކަމަށެވެ.
"ކޮންމެ މީހަކުވެސް ހަމަހަމަކަމަށް ބެލުމެއް ނެތި އަނބިން ގިނަ ކުރެވޭތޯ ބަލަނީ. މުޅި ގައިގަވެސް އުކުނު އަޅައިގެން އުޅޭހެން ހީނުވުމަކީ ވަރަށް ބޮޑުވަރު."
"ﷲ ތަޢާލާ ކަމެއް ހުއްދަ ކުރައްވަވާނީ އެކަމުގައި ޙިކުމަތްތަކެއް ލައްވަވައިފައެވެ. އަނބިންގެ ރުހުން ހޯދަން ނުޖެހި 4 އަނބިން ހުއްދަ ކުރެއްވެވުމުގައި އިންސާނުންނަށް ނުވަތަ މުޖުތަމައުއަށް ފައިދާތަކެއް ނުވަތަ ޙިކުމަތްތަކެއް ލައްވަވާފައިވާނެއެވެ. އަދި 2 ނުވަތަ 3 އަކުން ނިންމަވައި ލެއްވެވީއެއް ނޫނެވެ. 4 ހުއްދަ ކުރެއްވެވީއެވެ. 4 އަނބިން ހުއްދަ ކުރައްވަވާފައި އެވަނީ އަނބިން ފިރިންނަށް ކިޔަމަންވުން ލައްވަވައި ފިރިންނަށް އަނބިންނަށް ޚަރަދުކުރުމަށާއި އޯގާތެރިވުން ލެއްވެވި ފަރާތުންނެވެ."
މިއީ ހަމަ އަންހެން ބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.