ކުރާ އަޅުކަން ޤަބޫލުފުޅު ކުރެވި ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭ މީހާ ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ!: ޢުމަރުގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކުރާ އަޅުކަން ޤަބޫލުފުޅު ކުރެވި ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭ މީހާ ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ!: ޢުމަރުގެފާނު

ކުރާ އަޅުކަން ޤަބޫލުފުޅު ކުރެވި ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭނަމަ އެމީހަކު ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. 

"އެއިގެ ތެރޭގައި ދައްކާ ވާހަކައިގައި ތެދުވެރިވުމާއި މަޤާމެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރަން ޙަވާލުކުރެވިއްޖެ ނަމަ ތެދުވެރިވުމާއި މުދަލެއް ނުވަތަ ފައިސާއެއް ޙަވާލުކުރެވިއްޖެ ނަމަ އަމާނާތްތެރިވުމާއި އަދި މީސްތަކުންގެ މައްޗަށް ބާރެއް ލިބިއްޖެނަމަ އިޚްލާޞްތެރިވުން ހިމެނެއެވެ. 

މިކަންކަމަށް ސަމާލުކަން ނުދޭ މީހާ ކުރާ ނަމާދާއި ހިފާ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ކަމަށް ބުނެވޭކަށް ނެތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!" – ޢުމަރުގެފާނު 

މީސްތަކުންނޭވެ! ބާރު ލިބެނީ ހަމައެކަނި ވެރިކަން ލިބުމަކުން ނޫނެވެ. ޢާއިލާއެއްގެ އިސް މީހަކަށް ވެވުމަކީވެސް ހަމަ ލިބޭ ވެރިކަމެކެވެ. ފިރިމީހާއަށް ދެއްވަވާ ނިޢްމަތްތަކަކީ ހަމަ ޢާއިލާއަށް އަމާނާތްތެރިވާން ޖެހޭނެ ކަންކަމެވެ. ވީމާ ޢާއިލާއަށް ކުރަން ޖެހޭ ޚަރަދުތައް ނުކޮށް ބޭކާރު ގޮތުގައި ޚަރަދުކުރުމަކީ އަމާނާތްތެރިކަމުން ބޭރުވުމެވެ. 

ހަމައެއާއިއެކު މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް، އަނބިދަރިންނަށް އަދި އަނބިން ފިރިންނަށް އޯގާތެރިވެ ހެޔޮކޮށް ހިތައި އިޚްލާޞްތެރިވުމަކީވެސް ކޮންމެހެން ކުރަން ޖެހޭނެ ކަންކަމެވެ. 

މީގެ އިތުރުން ދައުލަތުގެ މަޤާމުތައް ލިބޭ މީހުންނާއި މީސްމީހުންގެ ވަޒިފާގައި ތިބޭ މީހުން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އަހަރެމެން އެއްވެސް މީހަކީ އެމީހަކު ކުރާ އަޅުކަން ޤަބޫލު ނުކުރައްވަވާ އަދި ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ މީހަކަށްވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން