ތިމާ އެކަނިވެރިވާނެ 3 ވަގުތަށް ބިރުވެތިވެ ސަލާމަތްކަން ހޯދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތިމާ އެކަނިވެރިވާނެ 3 ވަގުތަށް ބިރުވެތިވެ ސަލާމަތްކަން ހޯދާށެވެ!

އިމާމް ޙަސަނުލްބަސްރީ އަރިއަހުގައި ދެންނެވުނެވެ. "އެހެން މީހުން ކަލޭގެފާނާއިމެދު ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެއްވަނީ ކީއްވެގެންތޯއެވެ؟" 

ޖަވާބުގައި ވިދާޅުވިއެވެ. "އަހަރެން ދުނިޔެއަށް ފޮނުއްވެވުނީ އެކަންޏެވެ. މަރުވުމުން ދާނީ އެކަންޏެވެ. އަދި ކައްވަޅުގައި ވަޅުލެވޭނީ ވެސް އެކަންޏެވެ. އަދި ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުންނަން ޖެހޭނީ ވެސް އެކަންޏެވެ." 

މީސްތަކުންނޭވެ! މީހަކު ކިޔާއެއްޗެއްސަށާއި ކިޔައިފާނެ އެއްޗެއްސަށް ނުބަލާށެވެ. ކިތަންމެ ގިނަ ބައެއްގެ ތާއީދު އޮތް ނަމަވެސް، ވަށައިގެން ކިތަންމެ ގިނަ ބައަކު އެނބުރުނު ނަމަވެސް މިބުނި ޙާލަތްތަކުގައި ތިމާ އެކަނިވެރިވާނެކަން އަބަދުވެސް ހިތުގައި ބާއްވައިގެން ހުންނާށެވެ! ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރާށެވެ!

ތައްޔާރުވާންވީ މީހަކު ބުނެފާނެ ބަހަކަށް ނޫނެވެ. ނުވަތަ ކޮށްފާނެ ކަމަކަށްވެސް ނޫނެވެ. ތައްޔާރުވާންވީ ކޮންމެ ވަގުތަކުވެސް މަލަކުލްމައުތު ވަޑައިގެން މަރު ހިއްޕަވައިފާނެ ކަމަށް ބަލައި މަރަށެވެ. އަދި ޤިޔާމަތް ދުވަހު ތިމާގެ ހިސާބު ބައްލަވާނެ ވަގުތަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން