އެދުވަހު ކީރިތި ކުރެއްވެވީ ރަސޫލް (ޞޢވ) އެވެ! އެމީހަކަށް ރޯން ޖެހުމުގެ ކުރިން އެމީހާ އިޞްލާހްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެދުވަހު ކީރިތި ކުރެއްވެވީ ރަސޫލް (ޞޢވ) އެވެ! އެމީހަކަށް ރޯން ޖެހުމުގެ ކުރިން އެމީހާ އިޞްލާހްވާށެވެ!

"ރަސޫލް (ޞޢވ) އެކަލޭގެފާނުގެ އުންމަތާއިމެދު ހިތާމަފުޅު ކުރައްވަވައި އެވަރަށް ކީރިތި ކުރެއްވެވި ސަބަބު ޞަހާބީންނަށް ވެސް އޮތީ އެނގިވަޑައިނުގެންފައެވެ. 

ނަމަވެސް މިއަދު ވިސްނައިގެން ބަލައިލަބަލާށެވެ! އަހަރެމެންނަށް ވެފައި މިތިބަ ގޮތް ފެންނާނެއެވެ. އަހަރެމެންނަށް ރޯން ޖެހުމުގެ ކުރިން އަވަހަށް އިޞްލާޙްވާށެވެ!" 

ވަރަށް ކުރުކުރު ދެ ތިން ޖުމުލައިން މިބުނެލީ ވަރަށް ގިނަ ވާހަކަތަކެވެ. މުޖުތަމައުގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަމުން މިދަނީ ކަރުނައިން ލޯތައް ފުރިގެންދާ ފަދަ މަންޒަރުތަކެވެ. ހިތެއް އޮތް ނަމަ އަސަރުކޮށް ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެވެ. 

ﷲ ތައާލާ ފަރުޟު ކުރެއްވެވި ކަންކަން ނުކުރެވޭއިރު ފެންނަމުން މިދަނީ ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަންނަމުން ދާތަނެވެ. އަދުލު އިންޞާފު ގެއްލިއްޖެއެވެ. އިންޞާފަކީ އެމީހަކު ބޭނުންވާ ގޮތަށް ކަންކަން ނިމުން ކަމުގައި ޤަބޫލުކުރެވި ނިމިއްޖެއެވެ. ރަނގަޅު ގޮތަކީ ހަމައެކަނި ތިމާއަށް ފައިދާ ހުރި ގޮތް ކަމުގައި ޤަބޫލުކުރުން މިވަނީ ޢާންމުވެފައެވެ. 

ރަސޫލް (ޞޢވ) އެދުވަހު އެހައިވަރަށް ކީރިތިފުޅު ކުރެއްވެވީ މިދުވަސް އަންނާނެކަން އެނގިވަޑައިގަންނަވާތީއެވެ. އެ ދުވަސް މިއަދު މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ. މިއަދު ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ މިޙާލަތުން މުޖުތަމައު ސަލާމަތް ކުރުމަށެވެ. ޚާއްޞަކޮށް އެމީހަކު ސަލާމަތްވެ ހުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން