މުސްލިމުން ސާބިތުވެ ތިބުމުން ނަޞްރު ހޯއްދަވާނެ ވެރިއަކު ﷲ ދައްކަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މުސްލިމުން ސާބިތުވެ ތިބުމުން ނަޞްރު ހޯއްދަވާނެ ވެރިއަކު ﷲ ދައްކަވާނެ!

"ޒައިދުގެފާނު ދިދަ ހިއްޕެވިތަނާ ޝަހީދުވެވަޑައިގެންފިއެވެ. ޖައުފަރުގެފާނު ދިދަ ހިއްޕެވިތަނާ އެކަލޭގެފާނުވެސް ޝަހީވެވަޑައިގެންފިއެވެ. ރަވާޙަތުގެފާނު ދިދަ ހިއްޕެވިތަނާ އެކަލޭގެފާނުވެސް ޝަހީދުވެވަޑައިގެންފިއެވެ. ދެން ދިދަ ހިއްޕެވީ ސައިފުﷲ (ޚާލިދް ބުނި ވަލީދު) އެވެ. ﷲ ތައާލާ ނަޞްރު ދެއްވެވީ އެކަލޭގެފާނުގެ އަތްޕުޅު މައްޗަށެވެ." 

މީސްތަކުންނޭވެ! މުސްލިމުންނަށް އޮތީ މާޔޫސްވެ އަމާން ދިނުމެއް ނޫނެވެ. ސާބިތުކަންމަތީގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. 

ދުނިޔެ މިދަނީ ބަދަލުވަމުންނެވެ. ކުރިން މާތް މީހުންގެ ގޮތުގައި ފެނުނު މީހުންގެ ކިބައިން އަނިޔާވެރިކަމާއި އިންޞާފެއް ނެތްކަން މިދަނީ ފެންނަމުންނެވެ. ނަމަވެސް މާޔޫސް ނުވާށެވެ! މުސްލިމުންނަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. އިން ޝާ ﷲ! 

މީސްތަކުންނޭވެ! މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ އެވެ. ދުޢާކުރުން ގިނަކުރާށެވެ! ހަމަ އެއާއިއެކު ނަޞްރު އެދިގެން މަސައްކަތްކުރާށެވެ! އިސާހިތަކު ފެނިގެންދާނީ ﷲ ތަޢާލާ ނަޞްރު ދެއްވަވާ ތަނެވެ. އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން