މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އެއްވެސް އައު ނުވަތަ އިތުރު ކަމެއް ނެތް ކަމަށް ވިދާޅުވެ 1 އަހަރު ދުވަސް ވަންދެން މުސާރަ ނަގައިގެން ކުރީ ކޮން ކަމެއްތޯ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލު ކުރައްވައިފިއެވެ.
ޑރ. އިޔާޟް ވިދާޅުވީ ޖޭއެސްސީ އިން ޑރ. އަފްރާޝީމް ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ފަދަ އެއްވެސް މައްސަލައަކަށް ރިޕޯޓުގައި ބަލައިލާފައިވެސް ނެތް ކަމަށެވެ. ކުރިން ފުލުހުން ނެރުނު ބަޔާނަށްވުރެ އިތުރަށް އެއްވެސް ކަމެއް ހޯދިފައިވެސް ނެތް ކަމަށެވެ.
އެހެންކަމުން ޑރ. އަފްރާޝީމްގެ މައްސަލަ ބަލަން ވަރަށް އުންމީދާއިއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ކޮމިޝަނުގެ ބޭނުން އެއްވެސް ވަރަކަށް ފުދިފައި ނެތް ކަމަށެވެ. "އަޒްލިފަށް ފައިސާ ދިނީ ކާކުތޯ؟ ކިހިނެއް ހޯދި ފައިސާއެއްތޯ ދިނީ؟ އަޒްލިފާއި ޑރ. އަފްރާޝީމާއި އޮތީ ކޮން މައްސަލައެއްތޯ؟ އަޒްލިފް ފުރައިގެން ދިއައީ ކިހިނެއްތޯ؟" ފަދަ ސުވާލުތައްވެސް ޑރ. އިޔާޟް ވަނީ ކުރައްވައިފައެވެ.
ޑރ. އިޔާޟް ވަނީ މަރު ކޮމިޝަނުގެ މަސައްކަތަކީ މައްޞޫމް މީހުންގެ ޢަބުރު ކަތިލުންތޯ ސުވާލުކުރައްވައިފައެވެ. އަދި އިން ޝާ ﷲ އެކަން ނުވާނެ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.