އެންއައިސީގެ މެމްބަރުކަމަށް ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އެންއައިސީގެ މެމްބަރުކަމަށް ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ވ. ދިވެތި ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން މަޖިލީހުން ރުހުންދީފިއެވެ.

ކާނަލް ޖިހާދު މިމަގާމަށް އައްޔަން ކުރަން ފާސްކުރީ 78 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ގަމާމަށް އައްޔަން ކުރަން ފެނޭތޯ އެންމެ ފުރަތަމަ މަޖިލީހުގައި އެހީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަމަަށެވެ. ނަމަވެސް ޝުއައިބު އައްޔަންކުރަން ނުފެންނަ ކަމަށް މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

އެންއައިސީ އަށް އައްއަޔަންކުރުމަށް ރުހުންހޯދުމަށް ރައީސް ސޯލިހް މަޖިލީހަށް ފޮނުވި ލިސްޓްގައި ހިމެނެނީ ޝުއައިބާއި ޖިހާދުގެ އިތުރުން ރައީސްގެ ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ، ހައްވާ ލިއުޝާ، ގ. ތުނޑިވެލި އެވެ.

 

މިއަދު އޮންލައިން