މީރާ ގެ ޑިރެކްޓަރުންގެ ބޯޑަށް މަޚްޒޫމް ސަލީމް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
މީރާ ގެ ޑިރެކްޓަރުންގެ ބޯޑަށް މަޚްޒޫމް ސަލީމް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ކ. ކާށިދޫ، މަޚްޒޫމް ސަލީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިމަގާމަށް މަޚްޒޫމް އައްޔަން ކުރަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

މީރާ ގެ ޑިރެކްޓަރުންގެ ބޯޑަށް އައްއަޔަންކުރުމަށް ރުހުންހޯދުމަށް ރައީސް ސޯލިހް މަޖިލީހަށް ފޮނުވި ލިސްޓްގައި ހިމެނެނީ މަހްޒޫމް ގެ އިތުރުން މއ. ވިލާރޮދި، އިސްމާއީލް ސާޖިދުގެ ނަމެވެ.

 

މިއަދު އޮންލައިން