ދައްޖާލުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދައްޖާލުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފަ!

ދައްޖާލު ފައުޅުވާނީ ކޮން އިރަކުންތޯ ގިނަ ބައަކު ސުވާލު ކުރެއެވެ. އެއް ލޯ އަވަރު، ނިތްކުރީގައި ކާފިރު ލިޔެވިފައިވާ ދައްޖާލު އަދި ފައުޅު ނުވި ނަމަވެސް ދައްޖާލުގެ ޒަމާން މިވަނީ ފެށިފައެވެ. ވީމާ ދައްޖާލު ފައުޅުވެދާނެތީ ގަންނަންޖެހޭ ހުރިހާ ބިރެއް މިހާރުވެސް ގަންނަން އެބަޖެހެއެވެ.

މިޙަދީޘްފުޅުގައިވާ ކަންކަމަށް ބަލާއިރު ތެދުހަދާ މީހުންގެ ބަސް ޤަބޫލުނުކޮށް މީސްތަކުން ދޮގުހަދާ މީހުންގެ ބަސް ޤަބޫލުކުރާނެއެވެ. އަމާނާތްތެރިންނަށް އިތުބާރުނުކޮށް ޚިޔާނާތްތެރިންނަށް އިތުބާރުކުރާނެއެވެ. ﷲ ތަޢާލާގެ ވަޙީއަށް އިންކާރުކޮށް ޖަދަލުކުރާ މީހުންނަކީ ބަސްވިކޭ މީހުން ކަމުގައިވާނެއެވެ. 

މިފަދަ ހުރިހާ ކަންކަން މިހާރު މިވަނީ ޢާންމުވެފައެވެ. ކީރިތި ޤުރްއާނަށް އިންކާރުކޮށް ޖަދަލުކުރާ މީހުންނަކީ މާތް މީހުންގެ ގޮތުގައި ވަނީ ބެލެވެން ފަށައިފައެވެ. ވީމާ އިންތިޒާރުކުރަންވީ ބޮޑު ދައްޖާލު ފައުޅުވާނެ ވަގުތަކަށް ނޫނެވެ. އަވަސްވެގަންނަންވީ ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެމީހެއްގެ ސަލާމަތް ހޯދުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން