އެމްއެންޑީއެފަށް އާމްދަނީ އިތުރުކޮށްދީގެންވެސް ފަރަށް އަރާ އުޅަނދުތައް ސަލާމަތްކުރެވޭނެ ނިޒާމެއް ބޭނުންވާކަން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ފާހަގަކުރައްވައިފިއެވެ.
ބައެއް މެންބަރުން ވިދާޅުވީ އުޅަނދެއް ފަރަށް އެރުމުން ފުންކުރަން ބޭނުން ކުރާނެ ވަސީލަތްތައް މިހާރު އެމްޑީއެފްގައި ނެތް ކަމަށާއި ފަރަށް އެރުމުން ފުން ކުރާނެ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ވަސީލަތް ދިނުމުން އެމްއެންޑީއެފުން ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭކަންވެސް މެންބަރުން ފާހަގަކުރިއެވެ.
ބައެއް މެންބަރުން ވިދާޅުވީ އެމްއެންޑީއެފަށް އާމްދަނީ އިތުރުކުރަން ފަޅުރަށެއް ދިނުން ފަދަ ކަމެއްވެސް ކުރެވިދާނެ ކަމަށެވެ. އަދި ކަންކަން ކުރެވޭނީ އެކަން ކުރެވޭނެ ގޮތް ފަހިކޮށްދީފައި އޮތުމުން ކަމަށެވެ.
މެންބަރުން މިގޮތަށް ވާހަކަފުޅު ދައްކަވާފައިވާއިރު ފޭދޫފިނޮޅު ކުއްޔަށްދީފައިވަނީ ފުލުހުންނަށް ޢާމްދަނީ ލިބޭގޮތަށެވެ. އެމްއެންޑީއެފަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ސެނަހިޔާ ހޮސްޕިޓަލުންނެވެ.
ފަރަށް އަރާ އުނޅަނދު ސަލާމްތަކޮށްދޭނެ މުއައްސަސާއެއް ހެދުމަށް ގިނަ މެންބަރުންގެ ތާއީދު އެބަ އޮތްކަން މިއަދުގެ ޖަލްސާގައި ވަނީ ހާމަވެފައެވެ.