އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި!

ކިޔުމަށް ހޭދަވާނީ 1މ 18ސ
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި!

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 44 އަހަރުގެ ބިދޭސީއެއްކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

އިމިގްރޭޝަނުން ބުނީ އެމީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލުކޮށްފައިވާކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 2 މީހަކު މިދިޔަ އޮކްޓޯބަރ މަހުވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. އެފަހަރު ރާއްޖެ އެތެރެވާން އުޅެނިކޮށް ހިފަހައްޓާފަިއވަނީ ބިދޭސީ އަންހެނަކާއި، އަދި އޭނާއަށް އެހީތެރިވާން އުޅުނު ބިދޭސީ ފިރިހެނެކެވެ.

މިއަހަރުގެ މިހާތަނަށް 19 މީހަކު ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރަނިކޮށް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖޭގެ ބޯޑަރ ސެކުއިރިޓީ ވަރުގަދަކޮށް ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާއި، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވެސްވަނީ ފަހުގެ ސޮފްޓްވެއަތަކަށް އަޕްގްރޭޑްކޮށްފައެވެ.

 

މިއަދު އޮންލައިން