މީހަކަށް ބާރެއް ދެއްވެވުމުން މީސްތަކުންނަށް އިޚްލާޞްތެރިވެ ތެދުވެރި ނުވި މީހާ ސުވަރުގޭގެ ވަސް ވެސް ނުދެކޭ ހުއްޓެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މީހަކަށް ބާރެއް ދެއްވެވުމުން މީސްތަކުންނަށް އިޚްލާޞްތެރިވެ ތެދުވެރި ނުވި މީހާ ސުވަރުގޭގެ ވަސް ވެސް ނުދެކޭ ހުއްޓެވެ!: ޙަދީޘް

"މީހަކަށް ﷲ ތަޢާލާ ބާރެއް ނުވަތަ ވެރިކަމެއް ދެއްވެވުމުން މީސްތަކުންނަށް އިޚްލާޞްތެރިވެ ތެދުވެރި ނުވި މީހާ ސުވަރުގޭގެ ވަސް ވެސް ނުދެކޭ ހުއްޓެވެ." 

މީސްތަކުންނޭވެ.! ޤައުމުތަކާއި މުޖުތަމައުތަކުގެ ވެރިންގެ ޒިންމާ ކިތަންމެހައިވެސް ބޮޑެވެ. ނަމަވެސް މި ޙަދީޘްފުޅުގެ މާނަ ހަމައެކަނި ޤައުމުތަކުގެ އަދި މުޖުތަމައުތަކުގެ ވެރިންނާއި ހަމައިން ނިންމައި ނުލާށެވެ! 

އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ބައަކު ތިބި ކޮންމެ މީހަކީވެސް ވެރިއެކެވެ. ކޮންމެ މަންމަ އަކާއި ބައްޕައަކީވެސް ދަރިންގެ މައްޗަށް ވެރިއެކެވެ. ފިރިމީހާއަކީ ޢާއިލާގެ މައްޗަށް ވެރިއެކެވެ. ފިރިހެނުންނަކީ އުޚުތުންގެ މައްޗަށް ވެރިކަމެއް އޮތް ބައެކެވެ. އެމީހުންގެ ބެލެނިވެރިކަމުގެދަށުގައި އުޚުތުން ތިބި ނަމައެވެ. 

ވީމާ ކޮންމެ މީހަކުވެސް ޙަދީޘްފުޅާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ބަކައަށް ތެދުވެރިވެ އިޚްލާޞްތެރިވާށެވެ! އޯގާތެރިކޮށް ޢަމަލުތައް ކުރާށެވެ. 

ޢާއިލާއެއް ނެތް ކިތައް މީހުން ދުނިޔޭގައި އެބަ ތިބި ހެއްޔެވެ؟ އަނބިން ، ދަރިން ، ފިރިން ނެތް ކިތައް މީހުން ދުނިޔޭގައި އެބަ ތިބި ހެއްޔެވެ؟ ވީމާ ތިބާއަށް ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެ ޒިންމާދާރު ކަމާއިއެކު މަސްއޫލިއްޔަތު އަދާކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން