މަޖިލީހުން ކޮމިޝަނުގެ ރިޕޯޓްގަ ނެތް ކަންކަން އުފައްދައި ހުރިކަންކަން ބާޠިލުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މަޖިލީހުން ކޮމިޝަނުގެ ރިޕޯޓްގަ ނެތް ކަންކަން އުފައްދައި ހުރިކަންކަން ބާޠިލުކުރަނީ!

މަރުކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނެތް ކަންކަން ރައްޔިތުންގެ މަޖިލީހުން އަލޫވަން ބޭނުންވާ މީހުންގެ ބޮލުގައި އަޅުވައި އަދި ހުރިކަންކަން ބާޠިލު ނުވަތަ ނަފީކުރަން ފަށައިފިއެވެ.

އެގޮތުން އިއްޔެ ވަނީ ރިޕޯޓުގައި ނެތް ތުހުމަތުތައް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މައްޗަށް ކޮށްފައިވާއިރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އެންމެއިސް ދައުރެއް އަދާކުރިކަން ރިޕޯޓުން ހާމަވާ އެމްޑީޕީގެ މެންބަރުންނާއި ބައިވެރިންގެ ނަންތައް ގެންދަނީ އުނިކުރަމުންނެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ މަރުކޮމިޝަނުގެ ރިޕޯޓުގަ ނެތް ދޮގު ތުހުމަތުތަކުގެ އިލްޒާމް އަޅުވައިގެން 241ގެ ސަބް ކޮމިޓީން އެމަނިކުފާނުގެ ނަންފުޅު ހަޑިކުރަން ހިންގާ ޖަރީމާ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި މަޖިލީހުގެ 241 ސަބް ކޮމިޓީން އުފައްދަމުންދާ އެއްވެސް ތުހުމަތެއް ކޮމިޝަނުގެ ރިޕޯޓުގައި ކޮށްފައި ވެސް ނެތް ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި އެންމެ ގިނައިން ހުރީ އެމްޑީޕީ މެންބަރުންގެ ނަންތަކެވެ. ނަމަވެސް މަޖިލީހުގައި އެމްޑީޕީގެ އަޣްލަބިއްޔަތު އޮތުމުން ހުރިހާ ކަންކަން ވެސް އެމްޑީޕީގެ ރައީސް ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ރައީސް ގެންދަވަނީ ކުރައްވަމުންނެވެ. ދޮގު ހެދުމަކީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ނަމަވެސް "އަލްކައްޒާބެއް" ފަދައިން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ގެންދަވަނީ އިތުރުފުޅުތައް ހައްދަވަމުންނެވެ.

މިއަދު އޮންލައިން