ހުކުރު ދުވަހު މިފަދަ ދުޢާއަކުން ހަދިޔާކޮށް އެކަމުގެ ސަވާބު ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހުކުރު ދުވަހު މިފަދަ ދުޢާއަކުން ހަދިޔާކޮށް އެކަމުގެ ސަވާބު ލިބިގަންނާށެވެ!

ހުކުރު ދުވަހަކީ ހަފްތާގެ ޢީދު ދުވަހެވެ. އެކަކު އަނެކަކަށް ހަދިޔާ ދޭންވީ ދުވަހެވެ. މިފަދަ ދުވަކު ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސަށްޓަކައި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!  

"އީމާންކަންމަތީގައި މެނުވީ މިއަޅާގެ ފުރާނަ ނުހިއްޕަވާނދޭވެ! އަދި ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި މިއަޅާ ހިމަނުއްވަވައިދެއްވަވާނދޭވެ!" އާމީން. 

މިދުޢާ ޢާއިލާއަށާއި އެންމެންނަށްވެސް ހަދިޔާ ކުރެވިދާނެއެވެ. މިސާލަކަށް:  

"އީމާންކަންމަތީގައި މެނުވީ މިއަޅާގެ އަނބިމީހާގެ/ފިރިމީހާގެ ފުރާނަ ނުހިއްޕަވާނދޭވެ! އަދި ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި އޭނާ ހިމަނުއްވަވައިދެއްވަވާނދޭވެ!" އާމީން. 

"އީމާންކަންމަތީގައި މެނުވީ މިއަޅާގެ މައިމީހާގެ/ބައްޕަގެ ފުރާނަ ނުހިއްޕަވާނދޭވެ! އަދި ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި އޭނާ ހިމަނުއްވަވައިދެއްވަވާނދޭވެ!" އާމީން. 

"އީމާންކަންމަތީގައި މެނުވީ މިއަޅާގެ ރަޙްމަތްތެރިޔާ އާމިނަތު އިބްރާހީމްގެ/ ޙަސަން މަނިކުގެ ފުރާނަ ނުހިއްޕަވާނދޭވެ! އަދި ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި އޭނާ ހިމަނުއްވަވައިދެއްވަވާނދޭވެ!" އާމީން. 

މިމޭރުމުން ބަދަލުކޮށްލައިގެން ދުޢާކުރާށެވެ! އެކަމުގެ ފައިދާ ދުޢާ ކުރާ މީހަށްވެސް ދާނީ ލިބެމުންނެވެ. މީހަކަށް ނުއެނގި ސިއްރުން އެމީހަކަށްޓަކައި ހެޔޮ ދުޢާ ކޮށްފިނަމަ އެމީހަކަށްޓަކައި މަލާއިކަތުން ހަމަ އެ މޭރުމުން ދުޢާކޮށްދެއްވަވާނެތީއެވެ.  

ހުކުރު ދުވަސްކަމަށްވުމުން ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުން ގިނަކުރަން ކޮންމެވެސް ހަނދުމަނެތިކޮށްނުލާށެވެ!  

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

މިއަދު އޮންލައިން