ޑރ. އިޔާޟަށް ލިބިވަޑައިގެންނެވި ފުރަތަމަ ކާފަ ދަރިކަނބަލުން މަދިނާގަ އުފަންވެވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޑރ. އިޔާޟަށް ލިބިވަޑައިގެންނެވި ފުރަތަމަ ކާފަ ދަރިކަނބަލުން މަދިނާގަ އުފަންވެވަޑައިގެންފި

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްއަށް ލިބިވަޑައިގެންނެވި ފުރަތަމަ ކާފަ ވިދާޅުވާ ބޭފުޅާ މަދިނާގެ މާތް ބިމުގައި އުފަންވެވަޑައިގެންފިއެވެ. ޑރ. އިޔާޟް ގެ ދަރިކަނބަލުން ހިމްނާ މުޙައްމަދު އިޔާޟަށް ރޭ ލިބިވަޑައިގަތީ ދަރިކަނބަލެކެވެ.

ޑރ. ޢިޔާޟް ޢާއި ޢާއިލާގެ ބޭފުޅުން ވަނީ ދަރިކަނބަލުންގެ އަރިހަށް މީގެ 4 ވަރަކަށް ދުވަސްކުރިން މަދިނާއަށް ވަޑައިގެންފައެވެ.

މިއަދުނޫހުގައި ޝާއިޢުކުރާ ދިނީ ލިޔުންތަކަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވައި އިރުޝާދު ދެއްވަމުން ގެންދަވާ ޑރ. އިޔާޟް އަށާއި ޢެމަނިކުފާނުގެ ޢާއިލާއަށް ލިބިވަޑައިގެންނެވި އުފަލުގައި ބައިވެރިވެ މަރުޙަބާ ދަންނަވައި ހެޔޮ ދުޢާ ކުރަމުއެވެ.

މިއަދު އޮންލައިން