އީމާންކަން ބަލިކަށީ ހެއްޔެވެ؟ ވަރުގަަދަކޮށްލަމާ ހިނގާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އީމާންކަން ބަލިކަށީ ހެއްޔެވެ؟ ވަރުގަަދަކޮށްލަމާ ހިނގާށެވެ!

އީމާންކަން ވަރުގަދަ ކުރެވޭނެ ގޮތްތަކާއިމެދު ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. އެހެންކަމުން އަހަރެންނަށް އެނގިފައިވާ މިންވަރުން ބައެއް ކަންކަން ހާމަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ ކޮންމެ ނަމާދެއްވެސް ޖަމާޢަތުގައި ކުރަން ސަމާލުކަން ދިނުމެވެ. އެހެނީ ނަމާދުކުރުމަކީ ފުރާނައިގެ ކާނާއެވެ. ކާނާ ނުލިބި އެއްވެސް ހަކަތައެއް ނުލިބޭނެއެވެ. ހަކަތަ ނުލިބޭނަމަ މީހާ ދާނީ ހުރިހާ ގޮތަކުންވެސް ބަލިކަށިވަމުންނެވެ. މިކަމުގެ އެންމެ ބޮޑު ދަލީލަކީ ނަމާދު ނުކުރާ މީހުންގެ އީމާންކަން ބަލިކަށިކަމެވެ. ނަމާދު ނުކުރާ ވަރަކަށް އީމާންކަން ބަލިކަށިވަމުންދާ ކަމެވެ.

ފަރުޟު 5 ނަމާދަށްފަހު އީމާންކަން ވަރުގަދަކުރަން ކުރެވިދާނެ ބައެއް ކަންކަމަކީ،

ދަމުނަމާދުކުރުން

ކީތިތި ޤުރްއާން ކިޔެވުން ގިނަކުރުން

ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައިކޮށް މުޅި ރޭ އަޅުކަންކުރިކަމުގެ ސްވާބު ލިބިގަތުން

ގިނަގިނައިން މަރުހަނދާންކުރުން

ކޮންމެ ދުވަހަކުވެސް ދީނީ މައުލޫމާތު އިތުރުކުރުން

ދުނިޔޭގައި މިއުޅެނީ ކީއްކުރަންކަން އަބަދުވެސް ހަނދާންކުރުން

ސުންނަތް ރޮޑަހިފުން ގިނަކުރުން

މިކަންކަމުގެ އިތުރުން ހެނދުނާއި ހަވީރު ޛިކުރުކުރުމަކީ ވެސް އީމާންކަން ވަރުގަދަވާ ކަމެކެވެ. ޛިކުރުކުރުން ގިނަކުރުމަކީ ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެކެވެ. ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ އިތުބާރު ބޮޑުވެގެންދާ ކަމެކެވެ. އެހެންކަމުން އެކަމުގެ ސަބަބުންވެސް އީމާންކަން ވަރުގަދަވެގެންދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން