ﷲގެ ދީނަށް ފުރައްސާރަކޮށް ދީނުގެ އަހުލުވެރިންނަށް ނިކަމެތި ގޮތް ހަދަން އުޅުނު ކޮންމެ ވެރިކަމެއްވެސް ﷲ ގެ ރަޙްމަތާއިއެކު ވަނީ ވެއްޓިފައި ކަމަށާއި 2008 އިން ފެށިގެން 2018 އާއިދެމެދު ބޭއްވުނު ރިޔާސީ އިންތިޚާބުތަކުގެ ނަތީޖާއިން އެކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"ވީމާ ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ދަހިވެތިކަމުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް، މިކަމާމެދު ފުންކޮށް ވިސްނަވާލައްވަން ޖެހިލައްވައެވެ." –
ﷲ ގެ ޝަރީޢަތަށްވުރެ މޮޅު ގޮތެއް ހަދަން ވެގެން ތިމާމެންނަށް އަމިއްލައަށް ފެންނަގޮތްތައް ހަދަން އުޅެގެން އަބަދުވެސް ލިބޭނީ ނާކާމިޔާބު ކަމަށާއި އުފަލާއި ހަމަޖެހުން އެދޭނަމަ ﷲ ގެ ޝަރީޢަތަށް ރުޖޫޢަވެލައްވަން ވެސް ޑރ. އިޔާޟް ވަނީ އިލްތިމާސް ކުރައްވައިފައެވެ.