ރައީސް ނަޝީދު ބޭނުންވަނީ ޔަހޫދީންނަށް ލައްނަތް ލެއްވެވި ޙާލަތު ރާއްޖޭގައި ކުރިމަތިކުރުވަން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ރައީސް ނަޝީދު ބޭނުންވަނީ ޔަހޫދީންނަށް ލައްނަތް ލެއްވެވި ޙާލަތު ރާއްޖޭގައި ކުރިމަތިކުރުވަން!: ޑރ. އިޔާޟް

ގ. ކެނެރީގޭ ޢަބްދުއްސައްތާރުގެ ދަރި މުޙައްމަދު ނަޝީދުއެވެ. ރަސޫލާ (ޞޢވ) ސުވަރުގެވަޑައިގަތުމުގެކުރިން އުންމަތަށް އަނގަވާފަ އޮތް ބަސްފުޅު ކަލޭ ބަލާށެވެ! "ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރު ނަމަވެސް އަނެކުންނަށް ފޯރުކޮށްދޭށެވެ.  

މީގެ އިތުރުން މިއުންމަތުގެ މީހުންނަކީ އެންމެ ހެޔޮ އުންމަތުގެ މީހުންކަމުގައި ލައްވަވާފައިވަނީ ހެޔޮ ކަންތަކަށް އަމުރުކުރުކޮށް ނުބައި ކަންތައްތައް ނަހީކުރާތީއެވެ. ޔަހޫދީންގެ މައްޗަށް ލައްނަތް ލެއްވެވީ އެބައިމީހުންގެ ތެރޭގައި ކުރެވޭ ނުބައި ކަންތައްތައް ނަހީ ނުކުރާތީ އެވެ.  

ވީމާ މަނިކުފާނަށް ދަންނަވަމެވެ! 

ކިތަންމެ ކޯފާވިޔަސް ﷲ ގެ ދީން މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި ފަހު ނޭވްއާއި ހަމައަށް ﷲ ގެ ރަޙްމަތްފުޅާއިއެކު ދެމިހުންނާނަމެވެ. އަދި މަނިކުފާނުގެ ސުންޕާކަމުން މިޤައުމާއި ރައްޔިތުން ޙިމާޔަތްކޮށްދެއްވެވުން އެދި ދުޢާކޮށް އެކަމަށް މަސައްކަތްވެސް ކުރާނަމެވެ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

"އިސްލާމްދީނުގެ މަތީގައި ދިވެހިން އުޅެމުން އަންނަތާ 800 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ ކަމަށާއި އެހެން މީހަކު އައިސް އަނެއްކާވެސް އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ސޯލިހު ގޮތުގައި އެންމެން އިސްލާމްދީނަށް އުޅުމުން ރާއްޖެ ބިނާވަމުންދާނެ". 

"އެ ބޭފުޅުން ދައުވަތު އެދެނީ ހަނގުރާމަ އަށް. މި ރިޕޯޓު މާ ސާފުކޮށް އެބަ ކިޔާދޭ ދައުވަތު މިދެނީ ހަނގުރާމައަށްކަން" ނަޝީދު މިއަދު މިމޭރުމުން ވިދާޅުވެފައިވާއިރު އެކަންކުރާނަމަ ކުރާ ބައަކު ފާހަގަ ނުކުރައްވައި ރާއްޖޭގައި އިސްލާމް ދީނަށް ދައުވަތު ދިނުމާއި ދެކޮޅަށް ވާހަކަފުޅު ދެއްކެވުމުން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރަން ކުރެވެމުން އަންނަ މަސައްކަތްތަކާއި ރައީސް  ނަޝީދު ކަނޑައެލިގެން ދެކޮޅުކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތު އެނގިވަޑައިވެސް ނުގަންނަވާކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

އިސްލާމް ދީނަށް ދައުވަތު ދިނުމުގެ މާނަ ރައީސް ނަޝީދު ހަނިކުރައްވައި އެއީ އަނބުރައި އިސްލާމް ދީނަށް ވަނުމަށް ދައުވަތު ދިނުން ކަމަށް ހައްދަވައިފާނެއެވެ. އެގޮތަށް މާނަ ހަނިކުރެއްވެވި ނަމަވެސް ރައީސް ނަޝީދުގެ ވާހަކަފުޅަކީ ކަނޑައެޅިގެން ވަރަށް ބޮޑު އޮޅުވައިލުމެކެވެ. އެހެނީ ރާއްޖޭގެ މަދު ބައަކު ނަމަވެސް އިސްލާމް ދީން ދޫކޮށް އަދި މަދު ބައަކު ނަމަވެސް އިސްލާމް ދީނާއި ދުރުވެފައިވާއިރު އެމީހުންނަށް ދައުވަތު ނުދީ އަނބުރައި އިސްލާމް ދީނަށް ގެނެވޭނެ ގޮތެއް ނެތުމުންނެވެ.  

މިކަމުން އެނގެނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދަމަހައްޓަން ރައީސް ނަޝީދު ބޭނުން ނުވާކަމެވެ. އިސްލާމް ދީން ދޫކުރުމަކީ އިޚްތިޔާރީ ކަމަކަށް ހަދައި ދީން ދޫކުރާ މީހުން އަނބުރައި އިސްލާމް ދީނަށް ވައްދަން ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއިވެސް ރައީސް ނަޝީދު ކަނޑައެޅިގެން ދެކޮޅުކަމެވެ.  

ޞާލިޙް ގޮތުގައި ރާއްޖޭގެ ރައްޔިތުން ބިނާވަމުންދާނީ އިސްލާމް ދީނަށް ދޭ ދަޢުވަތު މިހާރަށްވުރެ އިތުރުކޮށް އިސްލާމިކް މިނިސްޓްރީ އާއި ދީނީ ޢިލްމުވެރިން ހިންގަވާ ޕްރޮގްރާމްތައް މިހާރަށްވުރެ އެތައް ގުނައެއް އިތުރުކޮށްގެން ކަމަށްވާއިރު ރައީސް ނަޝީދުގެ ވާހަކަފުޅުން އެނގިގެން ދިއައީ އެ މަސައްކަތްތަކަށް އޭނާގެ ހިތުގައި އޮތް ނަފުރަތެވެ  

ހަނގުރާމައަށް ބައަކު ދައުވަތުދޭނަމަ އެކަން ހުއްޓުވުމުގެ ނަމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހުއްޓުވުމަކީ އެއްވެސް ގޮތަކުން ކުރެވިގެންވާނެ ކަމެއް ނޫނެވެ.  

ރައީސް ނަޝީދު ބޭނުންވަނީ ޔަހޫދީންނަށް ﷲ ތަޢާލާ ލައްނަތް ލެއްވެވި ޙާލަތު ރާއްޖޭގައި ކުރިމަތިކުރުވަންކަން ރައީސް ނަޝީދުގެ ވާހަކައިން އެނގޭއިރު މި ބޮޑު ނުރައްކަލުން ދިވެހި އުންމަތް ސަލާމަތް ކުރަން އެންމެހައި މުސްލިމުން ގުޅިގެން މިވަނީ މަސައްކަތްކުރަން ޖެހިފައެވެ.

މިއަދު އޮންލައިން