"ދިވެހިރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ނައްތައިލާ، ތަފާތު ދީންތަކަށް ޖާގަ ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތްކުރާ ފަރާތުން މި ޤައުމަކީ އިސްލާމީ ޤައުމަކަށްވާތީ މިރާއްޖޭގައި އިސްލާމް ދީނަށް ދައުވަތު ދޭން ނުއުޅޭށޭ ބުނުމުން އޭނާގެ މަޤްޞަދު ވަރަށް ސާފެވެ. ރައްޔިތުން ސަމާލުވެލައްވާށެވެ!
ތިމާ މި ޤައުމަށް އެހެން ދީންތައް ގެނެސް، ޤައުމު ފަސާދަކުރިޔަސް، ތިއަބައިމީހުން އަނގައިން ނުބުނެ ތިބޭށޭ ބުނާކަހަލައެވެ. ރައީސް މުޙައްމަދު ނަޝީދުއެވެ. މާތް ﷲ މަނިކުފާނުގެ މުޑުދާރު ޢަމަލުތައް އިތުރަށް ބޭޒާރު ނުކުރައްވަވަނީސް ތައުބާވެލައްވާށެވެ!
މަނިކުފާނަށް ވޯޓު ދިން 23000 މީހުން ޤިޔާމަތް ދުވަހުން މަނިކުފާނު ސަލާމަތްކުރާކަށް ނާންނާނެއެވެ. ވީމާ ތައުބާވުން އަވަސްކުރައްވާށެވެ. އާދޭހާއިއެކު މިހެން މިދަންނަވަނީ މަނިކުފާނަށް ހެޔޮ އެދޭލެއް ބޮޑުކަމުންނެވެ. އަދިވެސް ދަންނަވަމެވެ. ކޮންމެ މީހަކުވެސް ކުރިމަތިލާންވާނީ އެމީހަކަށް ކުރެވޭވަރުގެ ކަންކަން ކުރުމަށެވެ.
ވެރިކަން ކުރެއްވުމަކީ މަނިކުފާނަށް ކުރެއްވޭވަރުގެ ކަމެއް ނޫނެވެ. އެކަން 2012 ގައި މަނިކުފާނު ވަނީ ސާބިތުކޮށްދެއްވައިފައެވެ. މަނިކުފާނާއި އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖެހުމާއި މުޒާހަރާކުރުމެވެ. ވީމާ ވެރިކަމަށް އައުމަށް ތިއަ ދެކެލައްވާ ހުވަފެންތަކުގެ މަތިން ހަނދާން ނައްތަވައިލައްވާށެވެ! ވަރަށް ވެދުން!"—ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް