މަރުވެ ކައްވަޅުގައި އޮންނައިރު ދުނިޔޭގައި ތިބާއަށް ލިބިފައިވީ މުއްސަނދިކަމާއި މުއްސަނދި ދިރިއުޅުމުން އެއްވެސް ފައިދާއެއް ކުރާނީ އެ މުއްސަނދިކަމުގެ ބޭނުން ﷲ އެންގެވިގޮތުގައި ހިފާފައިވާނަމަ އެކަންޏެވެ!
ވީމާ މަރުވުމުން ފައިދާއެއް ކުރަން ބޭނުން ނަމަ ތަނަވަސްކަން ލިބިފައިވާނަމަ އެ ތަނަވަސްކަމުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހިފަމުން ގެންދާށެވެ!
ހަމަ އެފަދައިން މަރުވުމުން އެމީހަކު ދުނިޔޭގައި އުޅުނު ނިކަމެތިކަމާއިމެދު ދެރަވެ ހިތާމަކުރާކަށްވެސް ނުޖެހޭނެއެވެ. ﷲ ތަޢާލާ އެންގެވި ގޮތުގައި ޙަޔާތްވޭތިކޮށް، ހެޔޮ އަމަލުތައް ކޮށްފައިވާނަމަ ކައްވަޅުގައިވެސް އޮންނާނީ އުފަލުގައެވެ. އާޚިރަތް ދުވަހުން ސުވަރުގެވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ!
ވީމާ ފަޤީރު ޙާލުގައި ދުނިޔޭގައި އުޅެން ޖެހުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ. ހިތާމަކުރަން ޖެހޭނީ ހެޔޮ އަމަލުތައް ނުކުރެވި ހުރިނަމައެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެފައި ނުވާނަމައެވެ.
ފަޤީރު ޙާލުގައި ދުނިޔޭގައި އުޅެން ޖެހުމަކީ އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭނެ އެންމެ ބޮޑު ފުރުޞަތެވެ. އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެތީއެވެ. ވީމާ ފަޤީރު ޙާލުގައި ދުނިޔޭގައި އުޅެން ޖެހުމަކީ މަރުވުމުން އެމީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން