ނަމާދު ނަމާދަކަށް ހެދުމަށްޓަކައި މައިބަދައިގެ ކަށިތައް ސީދާކުރަން ޖެހެއެވެ! އެކަމުން ލިބޭ ކަސްރަތަކީ އެންމެ ފައިދާހުރި ކަސްރަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނަމާދު ނަމާދަކަށް ހެދުމަށްޓަކައި މައިބަދައިގެ ކަށިތައް ސީދާކުރަން ޖެހެއެވެ! އެކަމުން ލިބޭ ކަސްރަތަކީ އެންމެ ފައިދާހުރި ކަސްރަތު!

ނަމާދު ނަމާދަކަށް ހެދުމަށްޓަކައި މައިބަދައިގެ ކަށިތައް ސީދާ ކުރަން ޖެހެއެވެ. އެއިގެ ތެރޭގައި ރުކޫގައި އޮންނައިރުގަ އާއި ސަޖިދައިގައި އޮންނައިރު ވެސް މައިބަދައިގެ ކަށިތައް ސީދާކުރަން ޖެހެއެވެ. އެހެން ނޫންނަމަ ރުކޫޢޫވެސް ސަޖޫދުވެސް ޞައްޙައެއް ނުވާނެއެވެ. އަދި ރުކޫޢޫ އާއި ސުޖޫދު ފުރިހަމަކުރުމަކީ ނަމާދުގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

މީގެ އިތުރުން ރުކޫޢުގައި އޮންނައިރު ކަކުލާއި އުނަގަނޑާއި ދެމެދު، ފައިގެ މާކަޅުވާ މަސްގަނޑުވެސް ސީދާކުރަން ޖެހޭނެއެވެ. ކޮޅަށް ހުންނައިރު ބޮލާއި މައިބަދަވެސް ސީދާކުރަން ޖެހޭނެއެވެ. ސަޖިދަ ވަޅަށް ބަލާނީ ބޯ ސީދަލަށް ބަހައްޓައިގެންނެވެ. 

މިފަދަ ކަންކަމަށް ފަރުވާތެރިވާށެވެ. ނަމާދު ކުރި ނަމަވެސް އެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ނަމާދު ފުރިހަމަކުރުމުންނެވެ.

- ޝައިޚް އިބްރާހީމް ފަރީދު 

ސައިންސްވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި ނަމާދުގައި ކުރާ ޙަރަކާތްތަކަކީ އިންސާނާއަށް އެންމެ ފައިދާހުރި ކަސްރަތުތަކެވެ. ރުކޫ އާއި ސުޖޫދުން މައިބަދައަށް ލިބޭ ކަސްރަތަކީ އެންމެ ފުރިހަަމ ކަސްރަތެވެ. އެކަމުގެ ސަބަބުން މައިބަދައިގެ ނާރުތައް އަމިއްލައަށް "ރިޕެއާ" ވެސް ވެއެވެ. އަދި ސިކުނޑިއަށާއި ހަށިގަނޑަށް ލޭ ފޮނުވައިދޭ ނާރުތަކަށް އިތުރު ތާޒާކަންވެސް ލިބިގެންދެއެވެ. 

ނަމާދު ބާވައިލައްވަވައި ނަމާދުކުރަންވީ ގޮތް ބަޔާންކޮށް ދެއްވެވީ އިންސާނާ އުފެއްދެވި ﷲ ތަޢާލާއެވެ. ވީމާ އިންސާނާއަށް އެންމެ ފައިދާހުރި ގޮތްތަކާއި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ.

މިއަދު އޮންލައިން