ނަމާދަށްފަހު ކުރުސި ކިޔަވާ މީހާ އާއި ސުވަރުގެއާ ދެމެދު އޮތް ހުރަހަކީ އެމީހަކު މަރުވުމެވެ. ނަމަވެސް ހިތާމައަކީ ގިނަ ބައަކު މިކަމަށް ސަމާލުކަން ނުދޭކަމެވެ. އިމާމް މީހާ ސަލާމް ދިނުމާއިއެކު ފުންމައިގެން ތެދުވެ މިސްކިތުން ނުކުންނަ ކަމެވެ.

ނަމާދަށްފަހު ޛިކްރްތަޞްބީޙަ ކިޔާށެވެ. ކުރުސި ކިޔަވާށެވެ. ދުޢާކުރާށެވެ. ރަވާތިބު ސުންނަތްވެސް ކުރާށެވެ! އެކަމަށް ހޭދަވާ 10 ވަރަކަށް މިނިޓަކީ ސުވަރުގެ ޙާޞިލުކުރުމަށް ކުރަން ހުރި އެންމެ މުހިންމު މަސައްކަތްތައް ކުރާ ވަގުތު ކަމުގައި ދެކޭ މީހަކަށް އެ 10 ވަރަކަށް މިނިޓު އިތުރަށް މަޑުކޮށްލުމަކީ އެއްވެސް ދަތިކަމަކަށް ނުވާނެއެވެ.
މީސްތަކުންނޭވެ! ނަމާދަށްފަހު މަސައްކަތަށް އެނބުރި ގަންނަން އޮތް އޮތުމަކީ ނަމާދުގައި ސަލާމް ދިނުމަށްފަހު މަސައްކަތަށް އަވަސްވެގަތުމެއް ނޫނެވެ. ފަރުޟު ނަމާދަށްފަހު ދެން ކުރަން ހުރި ކަންކަން ވެސް ކޮށްފައި މަސައްކަތަށް އެނބުރިގަތުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން