ޞަލާޙުއްދީން އައްޔޫބީގެ މި ބަސްފުޅު ހަނދާންހުރި އިސްލާމީ ވެރިއަކު މިއަދު އެބަހުރިބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޞަލާޙުއްދީން އައްޔޫބީގެ މި ބަސްފުޅު ހަނދާންހުރި އިސްލާމީ ވެރިއަކު މިއަދު އެބަހުރިބާ!

"އަހަރެން ހިނިތުންވާނީ ކިހިނެއް ހެއްޔެވެ؟ ކާތަކެތީގަ އާއި ބޯފެނުގައި ރަހައެއް ލާނީ ކިހިނެއްޔެވެ؟ މަސްޖިދުލްއަޤްޞާ އެވަނީ ކާފަރުންގެ އަތްދަށުގައެވެ!" – ޞަލާހުއްދީން އައްޔޫބީ

ޞަލާޙުއްދީން އައްޔޫބީގެ މި ބަސްފުޅު ހަނދާންހުރި އިސްލާމީ ވެރިއަކު މިއަދު ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެބަހުރިބާވައެވެ! ގިނަ ވެރިން ތިބީ އަނގައިން ބުނަން ނުކެރިފައެވެ. އުރުދުޤާން އާއި އީރާން ފިޔަވައި ދެން ތިބި ހުރިހާ ވެރިން ތިބީ ހަމަ ނިގޫ ފިތި ބާރުވެފައެވެ. 

އެކަމުގެ ހެއްކަކީ އިޒްރޭލާއި ދެކޮޅަށް އަނގައިން ބުނެފިނަމަ އެވެރިއަކު އެމެރިކާގެ އަޅުވެތިކަމުގައި ހުންނަކަމެވެ. މިއަދު އެމެރިކާއަށް އެންމެ ގިނަ ފައިސާ ލިބެނީ ޢަރަބިންނަށް ހަތިޔާރު ވިއްކައިގެންނެވެ. އެމެރިކާއަށް އެންމެ ގިނަ ހިލޭ އެހީ ދެނީ ޢަރަބި ޤައުމުތަކުންނެވެ. 

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ނުރައްކައުތެރި ޙާލަތުން އެމީހުންނާއި މަސްޖިދުލްއަޤްޞާ ސަލާމަތްކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަމާތޯއެވެ!

މިއަދު އޮންލައިން