ޤުރްއާނާ ސުންނަތާ ޚިލާފުވާގޮތަށް މުސްލިމުންގެ މައްޗަށް ޤާނޫނުހަދައި ލާޒިމުކުރުމަކީ އެކަންކުރި ބައަކު ކުފުރުވާނެ ކަމެއް!: ޝައިޚް ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޤުރްއާނާ ސުންނަތާ ޚިލާފުވާގޮތަށް މުސްލިމުންގެ މައްޗަށް ޤާނޫނުހަދައި ލާޒިމުކުރުމަކީ އެކަންކުރި ބައަކު ކުފުރުވާނެ ކަމެއް!: ޝައިޚް ލަޠީފް

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ (ޞޢވ) ގެ ސުންނަތާ ޚިލާފުވާގޮތަށް މުސްލިމުންގެ މައްޗަށް ޤާނޫނުހަދައި ލާޒިމުކުރުމަކީ އެމީހަކު ނުވަތަ އެބައަކު ކުފުރުވާނެ ކަމެއް ކަމަށް ވިދާޅުވެ ޤާނޫނު ހަދާ މީހުން އެކަމަށް ސަމާލުވުމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.  

"ޤާނޫނުހަދާ މީހުން ސަމާލުވޭ! ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ (ޞޢވ)ގެ ސުންނަތާ ޚިލާފުވާގޮތަށް މުސްލިމުންގެ މައްޗަށް ޤާނޫނުހަދައި ލާޒިމުކުރުމަކީ އެމީހަކު ނުވަތަ އެބައަކު ކުފުރުވާނެ ކަމެއް!"— ޝައިޚް ލަޠީފް 

ޝައިޚް ލަޠީފް މިމޭރުމުން ވިދާޅުވީ ކޮން ޤާނޫނަކާއި ގުޅިގެންކަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ބަނގުރަލާއި މަސްތުވާތަކެއްޗާއި ޒިނޭގެ މައްސަލަތައް ފަދަ މުހިންމު މައްސަލަތަކުގައި ޤާނޫނުލްޢުޤޫބާތަށް ގެނައި ބަދަލުގެ ނޭދެވޭ އަސަރު މުޖުތަމައުން ފެންނަމުންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މިއަދު އޮންލައިން