ދުނިޔެ ސުވަރުގެއަކަށް ހަދަން މަސައްކަތްކުރުމަކީ ކާފިރުންގެ ސިފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދުނިޔެ ސުވަރުގެއަކަށް ހަދަން މަސައްކަތްކުރުމަކީ ކާފިރުންގެ ސިފައެކެވެ!

މިދުނިޔެއަކީ ސުވަރުގެއަކަށް ހަދަން އެއްވެސް މީހަކު މަސައްކަތް ނުކުރާށެވެ! އެހެނީ އެއީ ކާފިރުންގެ ސިފައެވެ. އެހެނީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދުނިޔެއަކީ މުސްލިމުންނަށް ހުރަގެއެއް (ޖަލެއް) ކަމަށާއި ކާފިރުންނަށް ސުވަރުގެއެއް ކަމަށެވެ.  

Prophet Muhammad (ﷺ) said:

"The world is a prison-house for a believer and Paradise for a non-believer."

Sahih Muslim 2956 

މި ޙަދީޘްފުޅުން އެނގެނީ އިންސާނާ ކުރަން ބޭނުންވާ ބައެއް ކަންކަން މުސްލިމުންނަށް މަނާކުރައްވަވާފައިވުމުން އެމީހަކު ބޭނުންހައި ކަމެއް ކުރުމުގެ މިނިވަންކަން ނެތް ކަމެވެ. އަދި އެކަމުގެ ސަބަބުން މިޒަމާނުގައި ނުވަތަ ކާފިރުން އެއީ އިންސާނީ ޙައްޤުތައް ކަމަށް ދެކޭ ބައެއް ޙައްޤުތަކާއި މުސްލިމުން ދުރުހެލިވެ ތިބެން ޖެހޭ ކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިންސާނަކަށް އެކަމަކުން ހަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ޙައްޤެއް އިސްލާމް ދީނުގައި މަނާކޮށްފައެއް ނުވެއެވެ. ވީމާ ކާފިރުން މުސްލިމުން ތިބީ ކަސްތޮޅު އެޅިގެން ކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫނެވެ. ކަސްތޮޅު އެޅިގެން ތިބިބައަކީ އެމީހުންނެވެ. އެމީހުން އެވަނީ ޝައިޠޯނާގެ ކަސްތޮޅުން ވަރަށް ރަނގަޅަށް ކަސްތޮޅުއެޅިފައެވެ.  

މިދުނިޔޭގައި ހޭދަކުރަން މިލިބެނީ ދާދި ކުޑަކުޑަ ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން ފުރިހަމަ ގޮތުގައި އަދާކުރާށެވެ! އެއިރުން ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ. ސުވަރުގޭގައި އެއްވެސް ކަމެއް މަނާވެގެނެއް ނުވެއެވެ. ހިތަށް އަރުވައިލާއިރަށް އެކަމެއް އޮންނާނީ ވެނިމިފައެވެ. އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. ވީމާ ކޮންމެ ފަދަ ޤުރްބާނީއެއް ވެގެންވެސް މަސައްކަތް ކުރަންވީ ސުވަރުގެ ވަނުމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން