ކައިވެނި ލަސްވެގެން ލިބޭ މާޔޫސްކަމުގައި ﷲ ގެ ރަޙްމަތުން މަޙްރޫމް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކައިވެނި ލަސްވެގެން ލިބޭ މާޔޫސްކަމުގައި ﷲ ގެ ރަޙްމަތުން މަޙްރޫމް ނުވާށެވެ!

ކައިވެނި ނުކުރެވި ލަސްވުމަކީ ވަރަށް ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. އަދި މާޔޫސްވުން ވެސް އިތުރުވާ ކަމެކެވެ. އެ މާޔޫސަކަމުގައި ބައެއް އަންހެނުން މަގުމައްޗަށް ނުކުމެ އެމީހުންގެ ޢިއްފަތްތެރިކަންވެސް އެބަ ނަގައިލައެވެ. އަބުރުވެސް އަމިއްލައަށް އެބަ ކަތިލައެވެ.

އަތުންފައިން ގޯސް ހެދެނީ މި ޔަޤީންކަން ނެތުމުންނެވެ. ކުރިން ބުނިފަދައިން އަމިއްލައަށް އަބުރު ކަތިލެވި އަދި ޢިއްފަތް ނަގައިލުމުން ﷲ ތަޢާލާގެ ލައްނަތް ލިބޭ އަޅުންގެތެރޭގައި ތިބާ ހިމެނިދާނެއެވެ. އެހެން ވެއްޖެ ނަމަ ހުރިހާ ނިޢްމަތަކުން މަހްރޫމްވީއެވެ. ދެ ދުނިޔެވެސް ގެއްލިދިއައީއެވެ. 

ޙަޔާތުގައި ދެރަ ގޮތްތައް މެދުވެރިވެފައިވާ އެތައް ބައަކީ ކެތްތެރި ނުވެ މަގުމައްޗަށް ނުކުމެވުނު މީހުންނެވެ. އެމީހުން އެކަމަށް އިޢްތިރާފް ނުވެދާނެއެވެ. ނަމަވެސް އެމީހުންގެ އަމިއްލަ ނަފުސަށް އަހަރެން ދެންމެ މިބުނި ބަސްތަކުގެ ތެދުކަން ޔަޤީންކުރެވޭނެއެވެ! ވީމާ މި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން