ޔަޤީން ނުވާ ކަންކަމުގެ ވާހަކަ ދައްކައި ހެކި ބަސް ނުދޭށެވެ! އެންމެ ބޮޑު ފާފައެއް ކުރެވުނު ކަމަށްވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޔަޤީން ނުވާ ކަންކަމުގެ ވާހަކަ ދައްކައި ހެކި ބަސް ނުދޭށެވެ! އެންމެ ބޮޑު ފާފައެއް ކުރެވުނު ކަމަށްވެދާނެއެވެ!

އެއްވެސް މީހަކާއިމެދު ވާހަކައެއް ފަތުރައިފިނަމަ އެ ދެވެނީ ހެކިބަހެކެވެ. މީހަކު ކަމެއް ކުރި ކަމަށް ބުނެފިނަމަ ވެސް އެދެވެނީ ހެކި ބަހެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެހެނީ އެފަދަ ކަމެއް ކުރުމުން އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށްވުމުގެ ބިރު އޮތުމުންނެވެ.

މިހާރަކަށް އައިސް ގިނަ ބައަކު މީސް މީހުން ބަދުނާމުކުރަން ވާހަކަތައް ދައްކަނީ އަދި ފަތުރައި ހަދަނީވެސް އެއްވެސް މިންވަރަކަށް ކަންކަން ބަލައިލުމެއް ނެތިއެވެ. ހަމަ މީހަކު ބުނާހައި އެއްޗެއް ޤަބޫލުކޮށް ބަސްތައް ބުނަމުން ގެންދަނީއެވެ. ހަމަ އެއާއިއެކު ދޮގު ހެކިދޭން ޖެހިލުން ނުވުމުގެ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. 

އެއީ ފަހު ޒަމާނުގައި އެކަން ވާނެވެސް ގޮތެވެ. ކޯޓުތަކުގެ ބޭރުގައި ހިނގައި ހެކިބަސް ދީގެން އާމްދަނީ ހޯދާނެ މީހުން ގިނަވާނެއެވެ.  މީހަކު ފައިސާ ދީފިނަމަ ނުވެސް އެނގޭ ކަންކަމުގައި ހެކި ބަސް ދޭނެ މީހުން ފަހުޒަމާނުގައި ތިބޭނެއެވެ. މިކަން މިއަދު މިދަނީ ފެންނަމުންނެވެ. 

މީސްތަކުންނޭވެ! ފަހު ޒަމާނުގައި ކަމެއް ވާނެކަން އެނގެން އޮތުމަކީ އެކަމެއް ކުރުމުން ފާފަވެރި ނުވާނެ ސަބަބެއް ނޫނެވެ. އެމީހަކު ކުރި ކުށެއްގެ ފާފަ އެމީހަކަށް ލިބޭނެއެވެ. ވީމާ މިކަމަށް ބިރުވެތިވާށެވެ! ޙައްލަކީ ﷲ ތައާލާއަށް ބިރުވެތިވެ ބަހާއި އަމަލުން އިޚްލާޞްތެރިވުމެވެ. 

ދޭ ހެކިބަހެއްގެ ސަބަބުން މީހަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. އަދި ފައިދާއެއް ކޮށްފިނަމަ އެކަމުގެ ސަވާބުވެސް ލިބޭނެއެވެ. ޚާއްޞަކޮށް މީހަކަށް އަނިޔާއެއް ލިބެން އޮންނަ، މީހަކަށް ގެއްލުމެއް ލިބެން އޮންނަ ކަންކަމުގައެވެ. ވީމާ ހެކި ބަސް ދިނުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. 

Prophet Mohammad (ﷺ) said:

"The biggest of the great sins are: To join others in worship with Allah, to be undutiful to one's parents, and to give a false witness."

Sahih al-Bukhari 6919

 

 

މިއަދު އޮންލައިން