ހެޔޮކަމެއް ކުރަން ހަނދާންކޮށްދިނުމުން އެ މީހާ އެކަން ނުކުރިނަމަވެސް ހަނދާންކޮށްދިން މީހާއަށް ސަވާބު ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހެޔޮކަމެއް ކުރަން ހަނދާންކޮށްދިނުމުން އެ މީހާ އެކަން ނުކުރިނަމަވެސް ހަނދާންކޮށްދިން މީހާއަށް ސަވާބު ލިބޭނެ!

ދުނިޔޭގައި ހޭދަކުރަން ފުރުޞަތު މިލިބޭ މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. އެގޮތުން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވޭނެ އެއްކަމަކީ އެމީހާގެ ގާތް މީހުންނަށް ހެޔޮ އަމަލުތައް ކުރަން ހަނދާންކޮށްދިނުމެވެ. އެހެނީ މީހެއްގެ ސަބަބުން މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ކުރި މީހާގެ ސަވާބުން އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތި ހަނދާންކޮށްދިން މީހާއަށްވެސް ސަވާބު ދެއްވަވާނެތީއެވެ.

މިހާރަކަށް އައިސް މުވާސަލާތީ ގުޅުންތައް ފަސޭހަވުމުން ގިނަ ބައަކު އެންމެ ގިނައިން ކުރާ ކަމަކީ ކޮފީތަކަށާއި ކެއުންތަކަށް ދައުވަތު ދިނުމެވެ. އެކަންކަމަށް ދައުވަތު ދޭ އުޞޫލުން ހެޔޮ އަމަލުތައް ކުރަންވެސް ދަޢުވަތުދޭށެވެ. އެކަމުން އެކުވެރިޔާއަށާއި ތިބާއަށް ކުރާ ފައިދާ މާބޮޑުވާނެއެވެ.

ދައުވަތުދޭންވީ ސީރީޒް ބަލާށާއި ގޭމްކުޅޭކަށް ނޫނެވެ. ދަޢްވަތުދޭންވީ ދީނީ ދަރުސްތައް އަޑުއަހާށެވެ. ފައިދާކުރާނީ އެފަދަ ކަންކަމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން