ކުރެވުނު ފާފަތައް ގިނަވެ ކަންބޮޑުވަނީ ހެއްޔެވެ؟ ހުރިހާ ފާފަތަކެއް އަޅުކަމަށް ބަދަލުކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ކުރެވުނު ފާފަތައް ގިނަވެ ކަންބޮޑުވަނީ ހެއްޔެވެ؟ ހުރިހާ ފާފަތަކެއް އަޅުކަމަށް ބަދަލުކޮށްލާށެވެ!

ވަރަށް މަދު މީހެއްގެ ނޫނީ އެމީހެއްގެ މުޅި ހަޔާތަކީ އެއްވެސް ލަފެއް ނެތް އެއްޗެއް ނެތް ކަމަށް ހެދިފައެއް ނުވެއެވެ. ބައެއް މީހުން އެމީހުންގެ މާޒީ ރީތިކުރަން އުޅެން ހަދައިގެން މުސްތަޤްބަލަށް ހުރަސް އެޅޭ ހިސާބަށްވެސް ކަންކަން އެބަދެއެވެ.

އެއީ ކުރަން އެއްވެސް ބޭނުން ކަމެއް ނޫނެވެ. މާޒީ، މާޒީގެ ގޮތުގައި މާޒީއަށް ދޫކޮށްލާށެވެ. ވެފައި އޮތް ކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ކުރެވިފައިވާ ކަމެއް އެއީ ނުކުރެވޭ ކަމަކަށްވެސް ނުހެދޭނެއެވެ. އެކަން ކުރަން ކުރެވޭ ކޮންމެ މަސައްކަތަކީ ވަރަށް ބޮޑަށް މަސައްކަތްތަކެވެ.

ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް ރީތިކުރަން މަސައްކަތްކުރުމެވެ. ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތައުބާވާށެވެ. ދެން އެފަދަ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ މާޒީ އެވަނީ އުޖާލާކުރެވިފައެވެ.  

ތަޤްވާވެރިކަމުގައި ކުރިއަށް ދެވުމުން މާޒީގައި ކުރެވިފައިވާ ފާފަތަކަކީ ހެޔޮ ކަންކަން ކަމަށް ﷲ ތައާލާ ބަދަލުކުރައްވަވައި ދެއްވަވަތެވެ. ބަލަންވީ އެ މިންވަރަށް ތަޤްވާވެރިކަން އިތުރުކުރެވޭތޯއެވެ. އެ މިންވަރަށް ﷲ ތަޢާލާއަށް ބިރުވެތިވެވޭތޯއެވެ. ހުރިހާ އުފަލެއް ޙާޞިލުކުރެވުނީއެވެ.  

ކުރިން ފާފަ ކުރެވެމުން އައި މީހަކަށް ހެޔޮ ވިސްނުން މިންވަރުފުޅު ކޮށްދެއްވެވުމަކީ ﷲ ތާޢާލާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ނިޢަމަތެވެ. އެންމެ ބޮޑު އެއް ފުރުޞަތެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެ ފުރުޞަތުގެ ބޭނުން ހިފައި ﷲ ތަޢާލާ މިންވަރުކުރެއްވެވި ބޮޑު ނިޢްމަތުގެ ބޭނުން އެންމެ ބޮޑަށް ހިފުމަށެވެ.  

އެކަން ކުރަން ކުރަންޖެހޭ ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ތަްްވާވެރިކަމުގައި ސާބިތުވާން މަސައްކަތް ކުރުމެވެ. ވީމާ އެއްވެސް މީހަކު އެމީހެއްގެ މާޒީ ގިރިޓީ ކުރަން މަސައްކަތް ނުކުރާށެވެ. މުސްތަޤްބްލުގެ ވިދުވަރު ގަދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ކުރެވުނު ފާފަތައް ގިނަވެ ކަންބޮޑުވަނީ ހެއްޔެވެ؟ ހުރިހާ ފާފަތަކެއް އަޅުކަމަށް ބަދަލުކޮށްލާށެވެ!

ޢަބްދުއްލަޠީފް 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން