ކުރަންޖެހޭ ގޮތަށް އަޅުކަން ނުކުރެވެނީ ﷲ އަށް ކުރާ ކަމެއް ކަމަށް ޤަބޫލުކޮށްގެން ކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކުރަންޖެހޭ ގޮތަށް އަޅުކަން ނުކުރެވެނީ ﷲ އަށް ކުރާ ކަމެއް ކަމަށް ޤަބޫލުކޮށްގެން ކުރާތީ!

ކުރަންޖެހޭ ގޮތަށް އަޅުކަން ނުކުރެވެނީ ﷲ އަށް ކުރާ ކަމެއް ކަމަށް ޤަބޫލުކޮށްގެން ކުރާތީއެވެ. އަޅުކަން ކުރަންވީ ﷲ ތަޢާލާއަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. 

އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ނަމަވެސް މީސްތަކުން ކޮންމެ ކަމަކަށް ވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގި ބޭނުންވެއެވެ. ﷲ ތައާލާގެ ރަޙްމަތްފުޅަށް ބޭނުންވެއެވެ. 

ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމެއް މިކުރަނީ ތިމާއަށްޓަކައި ކަމަށް ޤަބޫލުކޮށްގެން ކުރާނަމަ އެކަމެއް ވާން އޮތް އެންމެ ފުރިހަމައަކަށް ކުރުމުގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. އެކަމެއް ކުރަން ދެވޭ ސަމާލުކަންވެސް އިތުރުވާނެއެވެ. 

ވީމާ ކޮންމެ އަޅުކަމެއް ކުރި ނަމަވެސް އެކަން މިކުރަނީ ޚުދު ތިމާއަށްޓަކައި ކަމަށް ޤަބޫލުކޮށްގެން ކުރާށެވެ! ފުރިހަމައަށް އަލުކަން ކުރެވޭނީ އެއިރުންނެވެ. ނަމާދުކުރި ނަމަވެސް ކީރިތި ޤުރްއާން ކިޔެވި ނަމަވެސް އަދި އެހެން އަޅުކަމެއް ކުރި ނަމަވެސް އެކަން މިކުރަނީ ޚުދު ތިމާއަށްޓަކައި ކަމަށް ޤަބޫލުކޮށްގެން އެކަން ކުރާށެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި އަޅުކަން ކުރެވޭނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން