ނަމާދުކުރަން ގޮނޑި ބަހައްޓަންވާނީ އެމީހާގެ ސަރަހައްދުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނަމާދުކުރަން ގޮނޑި ބަހައްޓަންވާނީ އެމީހާގެ ސަރަހައްދުގައެވެ!

ގޮނޑީގައި ނަމާދުކުރަންޖެހޭ ފަދަ ޙާލަތު ކުރިމަތިވެގެން ނަމާދުކުރާއިރު ގޮނޑި ބަހައްޓަން ޖެހޭނީ ތިމާގެ ފަހަތުގައި ހުންނަ މީހާއަށް އުނދަގޫ ނުވާނެ ގޮތަށެވެ. މާނައަކީ ގޮނޑި ބަހައްޓަން ޖެހޭނީ ގޮނޑި ބަހައްޓާ ސަފުގައި ތިބި މީހުންނަށްވުރެ ފަހަތަށް ނުއަންނާނެ ގޮތަށެވެ. 

މީހާގެ ފަހަތަށް އޮންނަ ސަރަހައްދަކީ ތިމާގެ ސަރަހައްދެއް ނޫނެވެ. އެއީ ފަހަތު ސަފުގައި ހުރި މީހާގެ ސަރަހައްދެވެ. ތިމާގެ ސަރަހައްދަކީ އެމީހާގެ ކުރިމައްޗެވެ.  

ގޮނޑި ތިމާ ހުރި ސަފުގެ ފަހަތަށް ބެހެއްޓުމުން ފަހަތު ސަފުގައި ހުންނަ މީހާއަށް ސަޖިދަ ޖެހުމަށް ބޭނުންވާ ޖާގައެއް ނުލިބެއެވެ. ސަޖިދަ ކުރަންޖެހޭ ގޮތަށް ސަޖިދައެއް ނުކުރެވެއެވެ. ގޮނޑީގެ ދަށަށް ބޯވައްދަން ޖެހޭ ޙާލަތުވެސް އާދެއެވެ. އަދި ފައިގެ ދަގަނޑަކާއި ދިމާވެއްޖެ ނަމަ ހަށިގަނޑު ކުރުގަޅުވަން ޖެހެއެވެ. އެކަމުގެ ސަބަބުން ސަޖިދަ ފުރިހަމައެއް ނުކުރެވެއެވެ. މައި ބަދައިގެ ކަށިތައް ސީދާ ނުކުރެވޭނަމަ ސަޖިދަ ޞައްޙަ ނުވާނެތީއެވެ. މިޙާލަތުގައި ގެއްލުން ލިބިގެން އެދަނީ އެހެން މީހެއްގެ ނަމާދަށެވެ. އެކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ!

ގޮނޑީގައި ނަމާދުކުރާ ބައެއް މީހުން ބުނަނީ އެމީހުން ކުރިއަށް ގޮނޑި ނުޖައްސަނީ ރުކޫޢަށްދާ ވަގުތު ކުރިމަތީގައި ހުންނަ މީހާގެ ގައިގައި ބޯޖެހޭތީ ކަމަށެވެ.

ޙައްލު:

1 ކުރީ ސަފުން ޖާގަ ހޯދުން 2 ތަނބުތައް ކައިރި ފަދަ އެހެން މީހުންނަށް އުނދަގޫ ނުވާނެ ތަނަކުން ޖާގަހޯދުން.

ބުރުނީގޭ ކައިރީގައި (މަޖިލިސްކުރާގޭ ފުރަގަހުގައި) ހުންނަ ކުރީގެ ޙަދީބީ މިސްކިތުގައި ގޮނޑީގައި ނަމާދު ކުރެވޭނެ ޚާއްޞަ ސަރަހައްދެއް ވެއެވެ. މިފަދަ އިންތިޒާމުތައް އެހެން މިސްކިތްތަކުގައި ވެސް ކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އެފަދަ ޖާގަ ހެދި ނަމަވެސް އެކަމުގެ ބޭނުން ހިފޭނީ ޖަމާއަތް ފެށުމުގެ ކުރިން މިސްކިތަށް އަރައި ޖާގަ ހޯދައިގެންނެވެ.   

މިއަދު އޮންލައިން