އެއްވެސް ފާފައެއް ކުރަން ޝައުޤުވެރިވެވޭނަމަ އެކަމުން އަނގައިދެނީ ތިބާގެ ހިތުގައި ޝައިޠާނާ އަތްގަދަކުރަމުން އަންނަ ކަމެވެ. ހިތުތެރެއިން ޝައިޠާނާ ބޭރުކުރުމުގެ މަސައްކަތް އަވަހަށް ފަށާށެވެ. އެގޮތަށް އެކަން ނުކުރިނަމަ ތިބާ ލައްވައި ޝައިޠާނާ އެފާފަ ކުރުވާނެއެވެ.
އަންހެނަކަށް ފިރިހެނަކަށް ދެވޭ ސަމާލުކަން އިތުރުވާނަމަ، އަދި ފިރިހެނަކަށް އަންހެނަކަށް ދެވޭ ސަމާލުކަން އިތުރުވާނަމަ ކައިވެނި ކުރުން އަވަސްކުރާށެވެ. ކައިވެނި ކުރެވެން ނެތް ނަމަ އަވަހަށް ހިތް ޠާހިރުކުރާށެވެ. އެހެން ނޫންނަމަ ދެމެދަށް ޝައިޠާނާ ވަދެ ފާހިޟް ޢަމަލުތައް ކުރުވާނެއެވެ.
މަސްތުވާތަކެތި ބޭނުންކުރަން ފެށުންވެސް ހަމަ އެފަދައެވެ. މަސްތުވާތަކެތި ބޭނުންކުރަން ހިތުގައި ޝައުޤުވެރިކަން އުފެދިއްޖެ ނަމަ އެއިގެ މާނައަކީ ޝައިޠާނާ ތިބާގެ ހިތަށް އަތްގަދަކޮށްފިކަމެވެ. އަވަހަށް ހިތުގެ ތެރެއިން ޝައިޠާނާ ނެރެ ބޭރުކޮށްލާށެވެ! ނޫން ނަމަ އެ ނުބައި އަމަލު ތިބާ ލައްވައި ކުރުވާނެއެވެ.
އެކަމަށް އޮތް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން