ބައެއް މީހުން ބަލަނީ ކިތަންމެ ކުޑަ ކަމެއް ކުރިމަތިވި ނަމަވެސް ނަމާދު ނުކޮށް ހުރުމަށެވެ. އެކަން ބަހަނާއަކަށް ދައްކައިގެންނެވެ. ނަމާދު އެޅުމަށް އެންމެ ދެ އުޒުރު ކަމާއި އެއީ ވަގުތުޖެހި، ވަގުތު ފާއިތުވި އިރުވެސް ނިދިފައި އޮތުމާއި ހަނދާން ނެތުންކަން ހަނދާނަކު ނުހުރެއެވެ.
މީސްތަކުންނޭވެ! ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. އެ ތަނބު މުގުރައި ނުލާށެވެ! އެ ތަނބު މުގުރާ މީހަކަށް ޤިޔާމަތް ދުވަހު ސަލާމަތް ކަމެއް ނެތިދާނެ ކަމަށް ބިރުވެތިވާށެވެ! ކޮންމެ ހާލެއްގައި ނަމަވެސް ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަގުތުގައި ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކޮންމެ ދުވަހަކު ވެސް އެދުވަހަކު ކުރަން ޖެހޭ 5 ނަމާދު ތަރުތީބުން ކުރުމަކީ އެހެން އެއްވެސް ކަމެއް ނުކުރި ނަމަވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުކޮށް އެކަމަށް ޢަމަލުކުރާށެވެ!
ޓްވީޓުގައި އެ ނަމާދުކުރާ މީހާއަށް ބަލާށެވެ! އެއަށްފަހު ނިކަން ބުނެބަލާށެވެ! ނަމާދު ނުކޮށް ހުންނަން ލަދެއް ނުގަނޭ ހެއްޔެވެ؟ އަދި ދެއްކެން އޮތީ ކޮން އުޒުރެއް ހެއްޔެވެ؟
What excuse do you have to miss your salaah (Prayer)? pic.twitter.com/S40W5aUNR1
— Quran & Hadith (@QuranAndHadithh) November 29, 2019