ދަރިން ނަރަކައިން ސަލާމަތްކުރަން ބޭނުން ނަމަ ދީން އުނގަންނައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދަރިން ނަރަކައިން ސަލާމަތްކުރަން ބޭނުން ނަމަ ދީން އުނގަންނައިދޭށެވެ!

ހުރިހާ ކަމެއް މޢްދިއްޔަތަށް ގޮސް ހުސްވުމުން ދަރިންނަށް ތަޢްލީމް ދިނުމުގައިވެސް ގިނަ ބައަކު ބަލަނީ އެންމެ ގިނަ ފައިސާ ލިބޭނެ ފަންނުތަކުގެ ޢިލްމު އުނގަންނައިދިނުމަށެވެ. މިހާރުވެސް ގިނައީ އިންޖިނޭރުކަމާއި ޑޮކްޓަރުކަން ފަދަ އެންމެ ގިނަ ފައިސާ ހޯދޭނެ ދާއިރާތަކުން ނޫނީ ދަރިން ޢިލްމްވެރި ކުރުވަން ބޭނުން ނުވާ މީހުންނެވެ. އެހެން ދާއިރާތަކުން ކިޔެވިނަމަވެސް އެއީ ޢިލްމުވެރިން ކަމަށް ބަލައި ނުގަންނަ މީހުން ވެސް ވަރަށް ގިނައެވެ. 

ގިނަ ފައިސާ ހޯދޭނެ ދާއިރާތަކުން ކިޔަވައި މޮޅުވުމަކީ އިސްލާމް ދީން ހުރަސްއަޅާ ކަމެއް ނޫނެވެ. އަދި ތަރްޙީބުވެސް ދޭ ކަމެކެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކޮންމެ ދާއިރާއަކުން ކިޔެވިނަމަވެސް އިސްލާމް އުނގަންނައި ދިނުމެވެ. އަދި އިސްލާމް ދީނަށް ހޭލޫންތެރިކުރުވުމާއިއެކު އިސްލާމް ދީނަށް ޢަމަލުކުރަން ތަރުބިއްޔަތުކުރުމެވެ. 

މިކަންކަން ނުކުރެވުމުން ދަރިން އެދަނީ ގެއްލި ހަލާކުގެ ތެރެއަށެވެ. ބައިވަރު ފައިސާ ހޯދަން ދަސްވެއެވެ. ނަމަވެސް ނަރަކައިން ސަލާމަތްވާނެ ގޮތް އެނގިފައެއް ނުއޮވެއެވެ. ހިތާމައަކީ ގިނަ ކުދިން ގެއްލި ހަލާކުވެގެންދަނީ ނުވެސް އެނގިތިބެ ކަމެވެ.   

Prophet Muhammad (ﷺ) said:

“There will be tribulation (فِتَنٌ) in which a man will be a believer in the morning and a disbeliever by evening, except the one to whom Allah grants knowledge.”

Ibn Majah 3954

"މީސްތަކުންގެ މެދުގައި ފިތުނަވެރިކަން ބޮޑުވެ އީމާންކަން މަތީގައި ހެނދުނު ހުންނަ މިހާ ހަވީރުވާއިރު އިމާން ނުވާ މީހަކަށް (ނަގުފުރެދިފައިވާ މީހަކަށް ބަދަލުވެތެވެ. މާތް ﷲ އެމީހަކަށް ޢިލްމެ ދެއްވެވި މީހަކު މެނުވީއެވެ."

މިމޭރުމުން ޙަދީޘްފުޅުގައި އޮތުމުން ﷲ ތަޢާލާ އެމިހަކަށް ޢިލްމު ދެއްވަވާނެ ކަމުގެ އިންތިޒާރުގައި ހުންނަންވީއެއް ނޫނެވެ. ޢިލްމު އުނގެނެން މަސައްކަތްކުރަންވީއެވެ. ޢިލްމް އުގެނެން މަސައްކަތް ކުރާ މީހަކަށް އެކަން ކާމިޔާބުވާނެތެވެ! އިން ޝާ ﷲ.

ލޮބުވެތި މައިންބަފައިންނޭވެ! އެންމެހައި ބެލެނިވެރިންނޭވެ! އެންމެހައި މީސްތަކުންނޭވެ! ޢިލްމް ހޯދަން މަސައްކަތްކުރުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ސަމާލުކަން ނިކަން ދެކިބަލާށެވެ! ކިރިތި ޤުރްއާނުން ފުރތަމަ ބާވައި ލެއްވެވި އާޔަތުގައިވެސް ވަނީ ކިޔެވުމަށެވެ.

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމްފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (އަލްޢަލަޤް: 1)  

ޢިލްމް އުނގެނެން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަލާނގެ ދީލަތިވަންތަކަން އެމީހަކަސް ފެނިގެންދާނެއެވެ.

"ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ." (އަލްޢަލަޤް: 3)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން